English Edition
Dhivehi Edition

މިއަދި ހަވީރު އައްޑޫސިޓީގައި ފުލުހުން ހިންގި ޓްރެފިކް އޮޕަރޭޝަނުގައި 492 ވެހިކަލް ޗެކްކޮށްފައިވާ ކަމަށް އައްޑޫސިޓީ ކޮމާންޑަރ ވިދާޅުވެއްޖެއެވެ. ސިޓީ ކޮމާންޑަރ އިންސްޕެކްޓަރއޮފް ޕޮލިސް ޖަމްޝީދު އަލީ ވިދާޅުވީ 492 ވެހިކަލް ޗެކުކުރުމުގެ އިތުރަށް 11 ވެހިކަލެއް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. “ދިވިލިމަތަ އޮޕަރޭޝަން 2” ގެ ނަމުގައި ކުރިއަށް ގެންދިޔަ މިއޮޕަރޭޝަނުގައިވަނީ ބައެއް މީހުންނަށް ނަސޭހަތްވެސް ދީފައެވެ. މިއަދު ހަވީރު 4:00 އިން 6:00 އަށް މުޅި އައްޑޫސިޓީގައި ހިންގި މި އޮޕަރޭޝަނަކީ އައްޑޫގެ މަގުތައް އަމާންކަންމަތީ ދަމަހައްޓައި ޓްރެފިކް ގަވާއިދަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެފައިވެއެވެ.