English Edition
Dhivehi Edition

އެހެން އަހަރަތަކިއަސް ބޮނޑަ ޗުއްޓީއެއި ދިމާކޮއް ކުރިއައްގިނޭ އިސްލާން ސީޒަން މިހަފްތާއި އެތެރެ އައްޑޫސިޓީއެ ފެށިގެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މިވެނީ އިސްލާން ކެރާ ކުދިން ރަޖިސްޓްރީ ވުމައް ޖުލައި 1 ން ފެށިގެން ފުރުސަތު ހުޅުވަފެއި. އެގޮތުން ހޮސްޕިޓަލި ޓޯލްފްރީ ނަމްބަރާ 1632 ހައް ގުޅަގެން އެހެންނުންވީ 7379951 ނަމްބަރާއް ވައިބަރ އިން މެސެޖް ކޮއްގެނަސް ރަޖިސްޓްރީވެވޭހެއް.

އިސްލާން ކެރާ ކުދިން ރަޖިސްޓްރީ ކެޑުމައްޓަކައި ބޭނުންވޭ މަޢުލޫމާތުތަކި އެތެރެ ހިމެނެނީ ކޮއްޔާގެ ނަން، އައިޑީ ނަމްބަރާ، އުމުރު،އެޑްރެސް، ގުޅޭނެ ނަމްބަރަ އަދި ބެލެނިވެރިޔާގެ ނަން. ޖުލައި 1 ކި ފުރުސަތު ހުޅުވުމާއި އެއްކޮއް ގިނަ އަދަދަކައް މީހުން ޚިދުމަތައް އެދިފެއި ވޭކަން ހޮސްޕިޓަލުން ފާފުކަ ކެޑެ.އެގޮތުން އަދާއިހަމާއް އާކޯ މިމަހި ފަހިކެޑާއިހަމާއް އެޕޮއިންޓްމެންޓަސް ހަމަވެފެއިވެނީ. މެހެއިބާރަބޮނޑަކޮއް އޭކޯ ވީހެއިއަސް އަވަހައް ރަޖިސްޓްރީ ވުމަކީ ހޮސްޕިޓަލުގެ އެދުމައް.