English Edition
Dhivehi Edition

ކޮވިޑު-19 އިން ދިފާއުވުމަށް ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް އެޕޮއިންޓްމަންޓް އުސޫލުން ޖަހައިދޭން ފަށަން އެޗްޕީއޭއިން ނިންމައިފިއެވެ.

އެޗްޕީއޭ އިން ކުރި އިއުލާނުގައި ބުނީ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ދެވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް އެޕޮއިންޓްމެންޓް ދީގެން ވެކްސިން ޖެހުމުގެ މަސައްކަތް މިއަދު ފަށާނެކަމަށެވެ. އަދި ދެ ވަނަ ޑޯޒް ޖެހުމުގައި އިސްކަންދޭނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން، ކުރިން ވެކްސިން ޖެހި މީހުންނަށް ކަމަށް އެޗްޕީއޭއިންވަނީ ބުނެފައެވެ..

މިދިޔަ ފެބްރުއަރީ މަހު ވެކްސިން ޖެހި މީހުން ދެ ވަނަ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެދުމަށް ގުޅަމުން ގެންދާނެކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު އެޕޮއިންޓްމަންޓު ލިބޭ ހުރިހާ އެންމެން ވެސް ކަނޑައަޅާފައިވާ ސެންޓަރަށް ގަޑިއަށް ހާޒިރުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ވެކްސިން ޖަހަން ދާ އިރު އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމަށާއި ވެކްސިން ކާޑު ގެނައުމަށް އެޗްޕީއޭއިން ވަނީ އިލްތިމާޒުކޮށްފައެވެ.

ކޮވިޝީލްޑަކީ ރާޢްޖޭގައި ކޮވިޑް19 އާ ދެކޮޅަށް އެންމެ ފުރަތަމަ ޖަހަންފެށި ވެކްސިނެވެ.