English Edition
Dhivehi Edition

އުރީދޫ ސުޕަރނެޓް ފިކްސް ބްރޯޑްބޭންޑުގެ ޚިދުމަތް އއ. ހިމަންދުއަށް ތައާރަފްކޮށްފިއެވެ.

އުރިދޫއިން ބުނާގޮތުގައި ހިމަންދޫއިން އުރީދޫ ސުޕަރނެޓްގެ ޚިދުމަތް ނަގާ ފުރަތަމަ 20 ކަސްޓަމަރަކަށް މައިކްރޮސޮފްޓް 360ގެ ލައިސެންސް ލިބިގެންދާނެ ކަމަށާއި، ޔޫއެފާ ޔޫރޯ 2020 އާއި ގުޅިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންގެ ދަށުން މެޗުތައް ބަލާލުމަށް ސުޕަނެޓް 50އެމް އަދި 100އެމް ނަގާ ކަސްޓަމަރުންނަށް ސޮނީ ލައިވް ޕްރީމިއަމް ކޮންޓެންޓްއަށް އެއް މަސް ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެ ކަމަށް އުރީދޫއިން ބުނެ އެވެ. އަދި 100 އެމްބީޕީއެސްއާ ހަމަޔަށް ބޮޑެތި އެލަވަންސްތައްވެސް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.

ހަމައެއާއެކު އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް އަގުހެޔޮކޮށް، އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ދާދި ފަހުން ވަނީ ޕެކޭޖްތައް އަޕްގްރޭޑްކޮށްފައެވެ. އެހެންކަމުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސްގުނަ އިތުރު ސްޕީޑާއެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ލިބިގެންދެއެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވި ގޮތުގައި ކޮވިޑް-19 ޕެންޑަމިކްއާއި ގުޅިގެން އެކުންފުންޏަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކާއެކުގަވެސް މިއަހަރުގައި އައު 7 ރަށަކަށް އުރީދޫ ސުޕަރނެޓްގެ ޚިދުމަތް މިވަނީ ފޯރުކޮށްދީފައިކަމަށެވެ. އަދި މިއަދު އއ. ހިމަންދޫއަށް އުރީދޫ ހޯމް ބްރޯޑްބޭންޑް، ސުޕަރނެޓްގެ ހިދުމަތް ފޯރުކޮށްދެވުނީތީ އެކަމާ އުފާކުރާކަމަށް ނިޔާޒު ވިދާޅުވިއެވެ.

ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.