English Edition
Dhivehi Edition

އައްޑޫސިޓީގެ މަގުތަކުގައި ޓްރެފިކްގެ ޚާއްސަ އޮޕަރޭޝަނެއް މިއަދު ހިންގާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ. ދިވިލިމަތަ އޮޕަރޭޝަން 2 ގެ ނަމުގައި ކުރިއަށް ގެންދާ މިއޮޕަރޭޝަން ފަށާނީ މިއަދު ހަވީރު 4:00 ގައެވެ. ނިންމުމަށް ހަމަޖެހިފައިވަނީ ހަވީރު 6:00 ގައި ކަމަށް އައްޑޫސިޓީ ކޮމާންޑަރ އިންސްޕެކްޓްރ އޮފް ޕޮލިސް ޖަމްޝީދު އަލީ ވިދާޅުވިއެވެ. “މި އޮޕަރޭޝަނުގައި އައްޑޫގައި މަސައްކަތްކުރާ ހުރިހާ ފުލުހުން ބައިވެރިވާނެ. ގުޅިފައިވާ ރަށްރަށުގެ އިތުރަށް ހުޅުމީދޫގައިވެސް އެވަގުތު އޮޕަރޭޝަން ކުރިއަށް ގެންދާނެ. މިއީ މުޅި ސިޓީއަށް ޚާއްސަ ކޮށްގެން ހިންގާ އޮޕަރޭޝަނެއް،” ޖަމްޝީދު ވިދާޅުވިއެވެ. މީގެ ކުރިންވަނީ ދިވިލިމަތަ 1 ގެ ނަމުގައި މިފަދަ އޮޕަރޭޝަނެއް ހިންގައިފައެވެ. އެފަހަރު ހުޅުމީދޫގައި އޮޕަރޭޝަން ނުހިންގައެވެ. މިއީ އައްޑޫގެ މަގުތަކަކީ އަމާންތަނަކަށް ހެދުމަށް މީހުން ހޭލުންތެރި ކުރުމަށް ހިންގާ ހަރަކާތުގެ ދަށުން ހިންގާ އޮޕަރޭޝަނެކެވެ.