English Edition
Dhivehi Edition

ކޮވިޑްގެ ޕީސީއާރް ޓެސްޓު ކުރެވޭނެ ލެބެއް ގދ.ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޤާއިމް ކުރަން ނިންމައިފި އެވެ.

ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައީދު ވިދާޅުވީ ޕީސީއާރް މެޝިންގެ ސެޓަޕް ހެދުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށާއި އެ މެޝިނުން ދުވާލަކު 300 ސުންކު ޓެސްޓް ކުރެވޭނެ ކަމަށެވެ. އަދި ކުރިޔަށްއޮތް 5 ދުވަސް ތެރޭގައި މެޝިން ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގެ 5 ސަރަހައްދަކަށް މެޝިން ފޮނުވުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން މިހާރު ކުރަމުންދެއެވެ.

ސައީދު ދެކޭގޮތުގައި ތިނަދޫފަދަ އާބާދީ ބޮޑު ރަށެއްގައި މިކަހަލަ ޚިދުމަތްތައް ލިބެން ހުންނަން ޖެހޭނެއެވެ. ތިނަދޫގައި ކޮންޓްރޯލެއްނެތި ކޮވިޑް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ގިނަފިޔަވަޅުތައް ވަނީ އަޅާފައެވެ. އެގޮތުން ހަވީރު 4އިން ފަތިހު 4 އަށް ކާފިއު ހިންގުމާއި އެރަށުގެ މިސްކިތްތަކުގައި ނަމާދުކުރުންވަނީ ހުއްޓާލާފައެވެ. ކާފިއު ގަޑި ނޫން އެހެން ގަޑިތަކުގައިވެސް ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެ އުޅެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެންނެވެ.