ސައުދީ އަރަބީއްޔާއިން އެގައުމުގެ އަންހެނުންނަށް އެއްގަމު އުޅަންދު ދުއްވުމުގެ ހުއްދަ ދެއްވަން ނިންމަވައިފިއެވެ.
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ސޮއި ކުރައްވާ ނެރުއްވި އަމުރެއްގައި ނިންމަވާފައިވަނީ އެގައުމުގެ އަންހެނުންނަށް ދުއްވާ އުޅަނދު ދުއްވުމުގެ ހުއްދަ ދެއްވާ ކަމަށެވެ. މި އަމުރުގައި ބުނެފައިވަނީ ސައުދީ އަރަބިއްޔާގެ އަންހެނުންނަށް އިސްލާމީ މިިންގަނޑުތަކާ އެއްގޮތަށް ދުއްވުމުގެ ހުއްދަ ލިބޭނެ ކަމަށެވެ.
މިއީ ވަގުތުން އަމަލު ކުރަން ފެށޭ އަމުރަކަށްވީ ނަމަވެސް މި އަމުރު ތަންފީޒު ކުރުމަށް މަސްތަކެއް ނަގާނެ ކަމަށް ސައުދީގެ މީޑިއާއިން މައުލޫމާތު ދެއެވެ.
މިކަންތައް ބެލެހެއްޓުމަށް މިހާރު ވަނީ ވަޒީރުންގެ ކޮމެޓީއެއް އެކުލަވާލާފައެވެ. މި ކޮެމެޓީން ކުރިއަށް އޮތް 30 ދުވަހު މި އަމުރު ތަންފީޒު ކުރާނެ ގޮތެއް ނިންމަވާނެއެވެ. އަދި މިއަންނަ އަހަރު ޖޫން 23 ނުވަތަ 24 ގައި މި އަމުރު ތަންފީޒު ކޮށް އަމަލް ކުރަން ފެށޭނެ ކަމަށް ލަފާކުރެއެވެ.
މި ގޮތަށް މި ނިންމުން އައިސްފައި މިވަނީ ސައުދީގައި މިދިޔަ ހަފްތާ ބަންދުގައި ގައުމީ ދުވަސް އަންހެނުންނާއި ފިރިހެނުން މަސްހުނި ވެގެން ބާއްވާފައި ވަނިކޮށެވެ.
ސައުދި އަރަބީއްޔާ އަކީ ދުނިޔޭގައި އަންހެނުންނަށް ދުއްވުމުގެ ހުއްދަ ނޯންނަ ހަމަ އެކަނި ގައުމެވެ. ނަމަވެސް މި ގަވާއިދާއި ޙިލާފަށް ބައެއް އެކްޓިވިސްޓުން ވަނީ އުޅަނދު ދުއްވާފައެވެ. މިކަމާ ގުޅިގެން މިމީހުން ހައްޔަރު ކޮށް އުޅަނދު ވެސް ވަނީ ހިފަހައްޓާފައެވެ.
ސައުދީގެ ނުފޫޒުގަދަ ވަލީ އަޙްދެއް ވަނީ 2016ވަނަ އަހަރު މި ގާނޫނު އުވާލުމަށް ގޮވާލާފައެވެ. އެނާ ވިދާޅުވި ގޮތުގައި މިއީ ހަމައެކަނި ހައްގުތަކާ ބެހޭ ކަމަށާއި މިކަމާއި އިގްތިސާދާ ގުޅުން އެބަހުރި ކަމަށެވެ.
އެނާ ވިދާޅުވި ގޮތުގައި އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ނުދިނުމަކީ އެނާ ކިޔެވުމަށް ނުވަތަ އަމިއްލަ ހައިސީއްޔަތެއް ނެތުން ކަހަލަ ކަމެއް ކަމަށެވެ. އެނާ ފާހަގަ ކުރެއްވި ގޮތުގައި ސައުދީ އާއިލާތަށް މެހެއްގެ މައްޗަށް 1000 ޑޮލަރު ބޭރު ޑްރައިވަރުންނަށް ޙަރަދު ކުރާކަމަށެވެ. މި ކަމުން ގައުމުގެ އިގްތިސާދު ހަލާކުވާ ކަމަށެވެ.
ސައުދީގެ ކުރީގެ ރަސްގެފާނުންގެ ދައުރުން ފެށީގެން އަންނަނީ މަޑުމަޑުން ބަދަލު ތަކެއް ގެންނަމުންނެވެ. އެގޮތުން ސައުދީ ކެބިނެޓަށް ލަފާ ދޭ ޝޫރާ ކައުންސިލަށް ވަނީ އަންހެން ބޭފުޅުން އިސް ކުރައްވާފައެވެ. މީގެ އިތުރުން ވަނީ އަންހެނުންނަށް އާންމު އިންތިޙާބު ތަކުގައި ވާދަ ކުރުމަށާއި ވޯޓު ލުމުގެ ހައްގު ހޯދައި ދީފައެވެ.