English Edition
Dhivehi Edition
ހުޅުމީދޫގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތުގެ ތެރެއިން

އައްޑޫ ސިޓީ ހިތަދޫ އިން އިތުރު 7 މީހަކު މިއަދު ވެސް ކޮވިޑަށް ޕޮޒިޓިވްވެ ހިތަދޫ އެކްޓިވް ކޭސްތަކުގެ އަދަދު 92 ކަށް އަރައިފިއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން މިއަދު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދުގެ 18:00 އާއި ހަމައަށް ޖުމްލަ 7 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޕޮޒިޓިވްވި 5 ދިވެހިންނާއި 2 ބިދޭސިންނެވެ. އެއީ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވި 5 މީހަކާއި، ފުލޫ ކުލިނިކަށް ދެއްކި 2 މީހެކެވެ.

އައްޑޫ ސިޓީއިން ޖުމްލަ 396 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު 302 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. މިހާރު އައްޑޫ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު 92 ކަށް އަރާފައިވާއިރު 02 މީހަކު ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ.

އައްޑޫސިޓީގެ ހިތަދޫގައި ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ބުރާސްފަތި ދުވަހުން ފެށިގެން، ހިތަދޫގައި ކާފިއު ވަގުތު ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ވަނީ އިތުރުކޮށްފައެވެ. ކާފިއު ނޫން ގަޑިތަކުގައިވެސް ބޭރަށް ދެވެނީ ޚާއްޞަ ފާހަކާއި އެކީގައެވެ.

މިވަގުތު އައްޑޫސިޓީގައި ޕޮޒިޓިވް ކޭސްތައް އެންމެ ގިނައީ ހިތަދޫގައެވެ. އެގޮތުން މިވަގުތު ބަލިން ރަނގަޅު ނުވާ ކޭސްތަކުގެ ތެރޭގައި ހިތަދޫގައި 89 މީހަކު ތިބި އިރު މަރަދޫން 2 މީހުން އަދި ފޭދޫން އެކަކު ހިމެނެއެވެ.