English Edition
Dhivehi Edition

އަނެއްކާވެސް އައްޑޫ ސިޓީ ގަމުގައި ހުންނަ ދޫގަސް ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރަން ތައްޔާރު ވާން ފަށައިފިއެވެ.

ގަން، ދޫގަސް، ކަރަންޓީން ފެސިލިޓީއަކަށް ތައްޔާރަކުރުމުގެ މަސައްކަތް ކައުންސިލުން މިއަދު ވަނީ ފަށްޓަވާފައެވެ. މި މަސައްކަތުގައި މިއަދު ފޭދޫ އަވަށު އޮފީހުގެ މުވައްޒަފުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.

މިއީ، އައްޑޫ ސިޓީގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ، ރައްކާތެރިކަމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކައުންސިލުން ނިންމި ނިންމުމެއްކަމަށް މަޢުލޫމާތު ލިބެއެވެ.

އައްޑޫގައި ކޮވިޑްގެ ހާލަތު މިހާރު އޮތް ގޮތަށް ބަލާއިރު ހިތަދޫގައި މިވަގުތު ކޮވިޑްގެ 63 އެކްޓިވް ކޭސް އޮތްއިރު ފޭދޫގައި 1، ހުޅުދޫގައި 6، މަރަދޫގައި 2 އަދި މަރަދޫފޭދޫގައި އެކަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.. އެއާއެކު އައްޑޫގައި ކޮވިޑް ޖެހިފައިވާ 79 ފަރާތެއް މިވަގުތު އެބަތިއްބެވެ.

.އައްޑޫގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު އިތުރު 18 މީހުން ރަނގަޅުވެ، މިބަލިން ރަނގަޅުވާ މީހުންގެ އަދަދު ވަނީ 292 އަށް އަރާފައެވެ. ކޮވިޑް ފެސިލިޓީގައި މިވަގުތު އެކަކަށް ފަރުވާ ދެމުންދާއިރު މިހާތަނަށް މި ބަލީގައި އައްޑޫސިޓީން 2 މީހަކުވަނީ ނިޔާވެފައެވެ.