English Edition
Dhivehi Edition

ޑައިވިން ކުރަނިކޮށް ޑީކޯވި ބިދޭސީއަކު އިތުރު ފަރުވާއަށް މާލެގެންގޮސްފިއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތުދިން ގޮގުތައި އުމުރުން 24 އަހަރުގެ ބިދޭސީއަކު ޑައިވިން ކުރަނިކޮށް ޑީކޯވެގެން އެހޮސްޕިޓަލަށް ގެނެވުނީ މިދިޔަ ހޯމަ ދުވަހުގެ ރޭގައެވެ. އެމީހާ ޑީކޯވެގެން ފުރަތަމަ ގެންދެވުނީ ވާދޫ ހެލްތު ސެންޓަރަށެވެ. އެހެންނަމަވެސް ބަލިމީހާ ހާލުދެރަވެގެން ތިނަދޫއަށް ގެނައީ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިނެވެ.

ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދިން ނަމަވެސް، ބަލިމީހާގެ ހާލުދެރަވާތީ އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ ހެލިކަޕްޓަރުގައި މިއަދުގެ ވަގުތެއްގައި އޭނާ މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. އެމްއެންޑީއެފުން އިތުރަށް ވިދާޅުވި ގޮތުގައި އެ ބިދޭސީ މީހާ މާލެ ގެނެސްފައިވަނީ މިއަދު 14:27 ގައެވެ.