English Edition
Dhivehi Edition

އައްޑޫ ސިޓީގައި އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)އިން ހިންގާ ފްލައިން ސްކޫލުގެ ދަރިވަރުންގެ ތެރެއިން 15 ދަރިވަރަކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނު، ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.

ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ނަގާފައިވާ ދަރިވަރުންގެ ލޯނުތައް، މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން އިން ދޫކުރާ ލޯނުތަކަށް ބަދަލުކުރަން ނިންމާފައިވާކަން ރައީސް ވަނީ ނިންމާފައެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ބޭންކުން ނެގި ލޯނު މިނިސްޓްރީއަށް ބަދަލުކުރުމުން، ލޯނު ނުދެއްކިގެން ކުރިން އަރާފައިވާ އިންޓަރެސްޓް ދައްކަން ނުޖެހޭނެކަމަށެވެ. އަދި ދަރިވަރުން މިނިސްޓްރީއަށް ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭނީ ތަމްރީނު ފުރިހަމަކޮށް ނިމޭތާ 6 މަސްފަހުން ކަމަށް އެ މިނިސްޓްރީންވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ކިޔަވަމުންދާ އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތުގެ ތެރެއިން ބީއެމްއެލްގެ ކިޔަވަން ލޯނު ނަގާފައިވާ އިތުރު ދަރިވަރުންގެ ލޯނުތައް ވެސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ.

ފްލައިން ސްކޫލާއި ގުޅޭގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ހެޑް އޮފް ޕައިލެޓް ޓްރެއިނިންގ އާއި އެކައުންޓެބަލް މެނޭޖަރގެ މައްސަލަ އިތުރަށް ބަލާ ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ،