English Edition
Dhivehi Edition

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ދެ ސްކޫލްގެ މަސައްކަތް ނައިބުރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ހުޅުމާލޭގައި މިހާރު އިމާރާތްކުރަމުން އަންނަނީ ފޭސް 1 ގައި ސީއެޗްއެސްއީގެ އިމާރާތާއި ފޭސް 2 ގައި އިމާރާތް ކުރަމުންދާ ޞަލާހުއްދީން ސުކޫލެވެ. މި ދެ ސުކޫލުގެ މަސައްކަތް ހިނގާގޮތް ބައްލާވެއްވުމަށް ނައިބު ރައީސް ހުޅުމާލެއަށް ވަޑައިގެންނެވީ އިއްޔެއެވެ. ނައިބުރައީސްގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީވެސް ވަޑައިގެންނެވިއެވެ.

ހުޅުމާލޭގައި އިމާރާތް ކުރާ ސީއެޗްއެސްއީ އިމާރާތަކީ 8 ބުރިއަށް އިމާރާތް ކުރާ ސުކޫލެކެވެ. މި ސުކޫލު އިމާރާތް ކުރަނީ އައުޓްޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ ފުރަގަހުގައެވެ.

ފޭސް 2 ގައި އިމާރާތް ކުރަމުންދާ ޞަލާހުއްދީން ސްކޫލް އިމާރާތްކުރަމުން އަންނަނީ 2 ގެ ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގައެވެ. ސަރަހައްދުގައި 6 ފަންގިފިލާއަށް އަންނަ ޞަލާހުންދީން ސުކޫލެވެ. 1000 އާއި 1200 ކުދިންގެ ޖާގައިގެ މި ސުކޫލަކީ 118 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އިމާރާތް ކުރާ ސުކޫލެކެވެ.