ކޮވިޑްގެ ހާލަތާއި ގުޅިގެން ގިނަ ވަގުތު ކުޑަކުދިންވެސް ތިބެނީ ގޭގައެވެ. ބޭރަށް ނުކުމެލަން ބޭނުންވިޔަސް ބޭރަށް ނުކުމެވޭނެ ހާލަތަކަށް ވުރެ ގދ.ތިނަދޫގެ ހާލަތްވެސް ގޯސްވެ މިވަނީ ސްކޫލް ގެ ކިޔެވުންތަކާއި ޓިއުޝަން ކްލާސް ތަކާއި ޤުރުއާން ކްލާސްތައް ވެސް އޮންލައިންކޮށް ގެންދަން ޖެހިފައެވެ. ގޭތެރޭގައި ކުދިން ތިބޭ ވަގުތަކީ ގިނަ ކުދިން ސްކްރީން ޓައިމް އަށް ދެވިހިފާނެ ވަގުތު ތަކެއް ކަމުން ކުދިންގެ ފޯކަސް ހުނަރުން ފުރިގެން ދާނެ ގޮތަކަށް ބަދަލު ކޮށްލުމަށް ގދ ތިނަދޫ ޑެއިޒީ ކަލެކްޝަން އިން މިވަނީ ކުޑަކުދިންނަށް ހާއްސަކޮށްގެން ކޭކް ޑެކަރޭޓިންގް އެކްޓިވިޓީ އެއް ތައާރަފް ކޮށްފައެވެ.
އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ތިނަދޫގެ ހުނަރުވެރި ކޭކް އަޅާ ފަރާތެއް ކަމަށްވާ އައިޝަތު ނާފިޒާ ވިދާޅުވީ ކުޑަކުދިންނަށް ހާއްސަކޮށްގެން ކޭކް ޑެކަރޭޓިންގް އެކްޓިވިޓީ އެއް ތައާރަފް ކުރުމުގެ ވިސްނުން އައީ ތިނަދޫގައި ކޮވިޑް ގެ ހާލަތާއި އެކު ކުޑަކުދިން ފޫހިނުވެ ކުރާނެ ކަމެއް ވިސްނަމުން ކަމަށެވެ. މިހާރުވެސް ކޭކް އެޅުމާއި ކްރާފްޓް ގެ މަސައްކަތް ކުރަން ބުރަ ކޮށް އުޅެމުން އަންނަ ނާފިޒާ އިތުރަށް ވިދާޅުވީ ކުދިންވެސް ގޭގައި ތިބެގެން ކޭކް އެކްޓިވިޓީގައި ބައިވެރިވެ ސްކްރީން ޓައިމް އާއި ދުރުގަ ވަގުތު ކޮޅެއް ހޭދަވާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން އާއިލާ އާއި އެކު އުފާވެރި ހުނަރުން ފުރިގެންދާނެ ވަގުތެއް ހޭދަ ކޮށްލެވޭނެ ކަމަށެވެ. އެކްޓްވިޓީ ގައި ބައިވެރި ވުމަށް ޑެއިޒީ ކަލެކްޝަން ކޮމިއުނިޓީ ވައިބަރ ގްރޫޕް މެދުވެރިކޮށް ޕްރި އޯޑަރ ވެސް ކުރެވޭނެ ކަމަށާއި އިންސްޓަންޓް ޕަރޗޭސް ވެސް ކުރެވޭނެ ކަމަށެވެ. ކޮންމެ މަހަކުވެސް 15 ގައި ކޭކް ޑެކަރޭޓިންގް އެކްޓިވިޓީގެ ހާއްސަ ހަދިޔާ ލިބޭނެ ކުއްޖެއް ގުރުއަތުލުމެއް ނެގޭނެ ކަމަށް ނާފިޒާ ވިދާޅުވިއެވެ. މިގުރުގައި ބައިވެރި ވެވެނީ އެކްޓިވިޓީ ކަޕް ކޭކް ޑެކަރޭޓިންގް ކިޓް އެއް ގަނެލައިން ކޭކްތައް ޑެކަރޭޓް ކޮށްފައި ފޮޓޯ އެއް ނަގާފައި ފޮނުވާލުމުން ނެވެ.
ކޭކް ޑެކަރޭޓިންގް ކިޓް އާއި އެކު 3 ކަޕްކޭކް އާއި ދެ ކުލައެއްގެ އައިސިންގް ބޭގް އާއި އެކު ދެވައްތަރެއްގެ ކޭކް ޑެކަރޭޓިންގް ސްޕިރިންކްލްސް ލިބެއެވެ. ގުރުއަތުން ހާއްސަ ހަދިޔާއެއް ދޭން ނިންމާފައިވަނީ ހަދިޔާ ހޯދުމުގެ ބޭނުމުގައިވެސް ކުދިން އެކްޓްވިޓީގައި ބައިވެރިވެ ކުދިން ބޮޑަށް ކޭކް ޑެކަރޭޓިންގް އަށް ޝައުގުވެރި ކުރުވުމަށް ކަމަށް ނާފިޒާ ވިދާޅުވިއެވެ.
ޑެއިޒީ ކަލެކްޝަން އަކީ ތަފާތު އެކި މުނާސަބާތު ތަކާއި ގުޅުވައިން ކަސްޓަމައިޒްޑް ކޭކް ތަކާއި ކޭކް ޓްރޭ، ކޭކް ޓޮޕާ އަދި މުނާސަބާތު ތަކުގައި ބޭނުން ކުރެވޭނެ ބެނަަރ ތަކާއި 3D އަކުރުތައްވެސް އަޅައިދޭ ލޯކަލް ބިޒިނަސް އެކެވެ. ގޭގައި ތިބެގެން ރަނގަޅު އާމްދަނީ އެއް ހޯދޭނެ މަސައްކަތެއް ކުރުމުގެ ނިޔަތުގައި ފެށި ޑެއިޒީ ކަލެކްޝަން ކޭކް ތަކަކީ ތިނަދޫ ގެ ގިނަ ރައްޔިތުން ތަކެއް ބަލައިގަންނަ ކޭކް ތަކެއް ކަމީ ނާފިޒާ އުފާވެ ޝުކުރު އަދާކުރަން ބޭނުން ވާކަމެކެވެ. އަދި ކުޑަކުދިންގެ ކޭކް ޑެކަރޭޓިވް އެކްޓިވިޓީ އަށްވެސް ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމީ އުފާ ކުރާ ކަމެއް ކަމަށް ނާފިޒާ ވިދާޅުވިއެވެ.