English Edition
Dhivehi Edition

މާލޭގަ އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ކޮވިޑް-19 ފެތުރުން އިތުރުވެގެން ދިއުމާއި ގުޅިގެން ރާއްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލެ އިން ރަށަށް ދެވޭނެ ޒަރޫރީ ސަބަބުތައް އެޗްޕީއޭ އިން ހާމަކޮށްފިއެވެ

އެޗްޕީއޭ އިން ކުރި އިއުލާނެއްގައި ބުނީ މާލޭގައި ކޮވިޑް-19 ފެތުރުން އިތުރުވެގެން ދިއުމާއި އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ބަލިފެތުރެމުންދާ ދަނޑިވަޅުގައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުންތަކަށް ފިޔަވައި މާލެއިން އަތޮޅު ތަކަށް ދަތުރުކުރުން ވަނީ މި ވަގުތު ހުއްޓާލެވިފައި ކަމަށެވެ.

މިގޮތުން މާލެއިން އަތޮޅުތެރެއަށް ދަތުރުކުރުމުގައި ބަލާނެ ޒަރޫރީ ހާލަތްތަކަކީ

  • ޞިއްޙި ފަރުވާ ހޯދުމަށް މާލެއަށް އައިސް އެނބުރި ދާންޖެހުމާއި އެފަދަ މީހަކާ އެކުގައި ކޮންމެހެން ދާންޖެހުން.
  • މާލޭގައި އަދާކުރަމުންދާ ވަޒީފާ/ މަސައްކަތް ހުއްޓާލަންޖެހުން ފަދަ ކަންކަން ދިމާވެގެން މާލޭގައި އިތުރަށް ތިބުން ދަތިވެފައިވުން އަދި އެފަދަ މީހުންގެ އާއިލާއިން އެކުގައި ކޮންމެހެން ދާންޖެހުން.
  • .މާލޭގައި ދިރިއުޅެވެން ނެތުމުގެ ސަބަބަން ރަށަށް ދިރިއުޅުން ބަދަލު ކުރަންޖެހުން.
  • މާލެއަށް ތައުލީމު ޙާޞިލުކުރުމަށް އައިސް ތައުލީމު ޙާޞިލުކުރުން މުޅިން ނިމިފައިވުމުން ރަށަށް އެނބުރި ދާންޖެހިފައިވުން (މީގެ ތެރޭގައި ޗުއްޓީ ލިބުން ނުވަތަ ކިޔެވުން ވަގުތީގޮތުން މެދުކެނޑިފައިވުން ނުހިމެނެއެވެ)
  • މައިންބަފައިން ބަލިވުމާއި އަނބިމީހާ ވިހެއުން ފަދަ އާއިލާއަށް ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން ރަށަށް ދާންޖެހުން. މި އިއުލާނުގައި ބުނީ، މިފަދަ ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކުން ދަތުރު ކުރުމަށް އެދި 2021 ޖޫން 6 ވަނަ ދުވަހުން ފެށިގެން ހުށަހަޅާނީ ‘ހާލުބެލުން ޕޯރޓަލް’ މެދުވެރިކޮށްކަމަށެވެ. އަދި މިގޮތަށް އެދި ހުށަހަޅާއިރު އެމީހަކު ދަތުރުކުރާ ކައުންސިލުގެ ފަރާތުން ދޫކޮށްފައިވާ، ދަތުރުކުރަނީ ޒަރޫރީ ބޭނުމުގައިކަން އަންގައިދޭ ލިޔުން ކައުންސިލް މެދުވެރިކޮށް ހާލުބެލުމުގެ ޕޯޓަލްއަށް އަޕްލޯޑް ކުރަންވާނެކަމަށެވެ. އިތުރަށް މި އިއުލާނުގައި ބުނެފައިވަނީ ޒަރޫރީ ޙާލަތްތައް ދިމާވެގެން ދަތުރުކުރާ މީހުން މިހާރުވެސް ކަނޑައަޅާފައިވާ ގޮތުގެ މަތިން 14 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާން ޖެހޭނެކަމަށާއި އަދި ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަހަށްފަހު ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވުމުންކަމަށެވެ.