English Edition
Dhivehi Edition

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފުޓްސަލް މުބާރާތުގެ މެޗެއް ކުޅެނިކޮށް އެ ކުންފުނީގެ މުވައްޒަފަކު ކުއްލި ގޮތަކަށް މަރުވެގެން ދަނޑު މައްޗަށް ވެއްޓިއްޖެ އެވެ. ހުޅުލޭގައި އެމްއޭސީއެލްގެ ޑިޕާޓްމެންޓްތަކުގެ މެދުގައި ކުޅުނު ފުޓުސަލް މުބާރާތެއްގެ މެޗެއްގެ މެދުތެރޭން، ރޭ ދިހައެއް ޖަހާކަން ހާއިރު ދަނޑުމައްޗަށް ވެއްޓި މަރުވެފައިވަނީ އެމްއޭސީއެލްގެ އެއިރޯޑްރޯމް އެންޑް ގްރައުންޑް އެއިޑްސްގައި މަސައްކަތްކުރާ މުހައްމަދު ޝިޔާންއެވެ.

ދަނޑު މައްޗަށް ޝިޔާން ވެއްޓުމާއެކު ހުޅުމާލޭ ހޮސްޕިޓަލަށް ޝިޔާންވަނީ ގެންގޮސްފައެވެ. އަދި ޝިޔާން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަަށް ލަފާކުރެވޭކަމަށް ޝިޔާންއާއެކު ކުޅެން އުޅުނު ކުޅުންތެރިއަކުވަނީ ބުނެފައެވެ. އެ ޒުވާނާ މަރުވި ސަބަބެއް ހުޅުމާލެ ހޮސްޕިޓަލް އަދި އެމްއޭސީއެލް އިން ވެސް އަދި ހާމަކޮށްފައެއް ނުވާއިރު ޝިޔާން އަކީ އެއްވެސް ބައްޔެއް ހުންނަ މީހެއް ނޫނެވެ