English Edition
Dhivehi Edition

ބޮލީވުޑްގެ ބަތަލާ ޔަމީ ގޯތަމް އާއި ޑައިރެކްޓަރު އަދިތްޔާ ދަރް ކައިވެނިކޮށްފިއެވެ.

ޔަމީގެ އަމިއްލަ ދިރިއުޅުމާއި ބެހޭ ގޮތުން މާ ގިނަ ވާހަކަތަކެއް މީޑީއާގައި ހާމަކޮށްފައި ނުވާއިރު އޭނާ ކައިވެނިކުރި ހަބަރު ވެގެން ދިޔައީ ގިނަ ބަޔަކަށް ލިބުނު ބޮޑު ހައިރާންކަމަކަށެވެ. ޔަމީ އާއި އަދިތްޔާ ކައިވެނިކުރުމަށް ފަހު އިންސްޓަގްރާމާއި ޓުވިޓާގައި ކައިވެނީގެ ފޮޓޯތައް ހިއްސާކޮށްފައިވާއިރު ގިނަ ބަޔަކު އަންނަނީ މި ދެ ފަންނާނުންނަށް މަރުހަބާ ކިޔަމުންނެވެ.

ޔަމީ އާއި އަދިތްޔާގެ ކައިވެނި ހަފްލާ ކުޑަގޮތަކަށް ބޭއްވިއިރު މި ހަފްލާގައި ބައިވެރިވީ ހަމައެކަނި އާއިލާގެ މެމްބަރުންނެވެ.

2012 ވަނަ އަހަރު ‘ވިކީ ޑޮނާ’ އިން ފިލްމީ ދާއިރާއަށް ތައާރަފްވި ޔަމީ އެންމެ އަވަހަށް ދެން ފެނިގެންދާނީ “އަ ދާޒްޑޭ” އިންނެވެ.