މަރަދޫ ސްކޫލްއިން އިސްނަގައިގެން އައްޑޫގެ ސްކޫލްތަކަށް ބޭއްވި “ޕެރަޝުއިޓް ޖޮއިންޓް އެނުއަލް ޖޫނިއާ ކެޑޭޓް ކޭމްޕް 2017” ނިންމާލައިފިއެވެ.ސެޕްޓެމްބަރ 20 ވަނަ ދުވަހު ފެށި މި ކޭމްޕްގައި މިއަހަރު 3 ސްކޫލްއަކުން 113 ދަރިވަރުން ބައިވެރިވެފައި ވާއިރު ޖުމްލަ 112 ދަރިވަރުން ވަނީ ކާމިޔާބު ކަމާއި އެކު މި ކޭމްޕް ނިންމި ކަމުގެ ސެޓްފިކެޓް ހާސިލްކޮށްފައެވެ.
ކޮންމެ އަހަރަކު ބާއްވަމުން ގެންދާ މި ކޭމްޕް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ކިޔަމަންތެރި ،ބަސްއަހާ، ގައުމަށް ވަފާތެރި ދަރިންތަކެއް އުފެއްދުމުގެ ބޭނުމުގައި ބާއްވަމުން ގެންދާ ކޭމްޕެއް ކަމަށް މަރަދޫ ސްކޫލްގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން މި ކޭމްޕް ހިންގުމުގައި ނޭތަނަލް ކެޑޭޓްކޯގެ އެންމެ އިސް މެންބަރު އާމިނަތު ސަލްމާ ވިދާޅުވިއެވެ.
ކޮންމެ އަހަރަކު ބާއްވަމުން ގެންދާ މި ކޭމްޕް މިދިޔަ އަހަރު ބާއްވާފައިވާނީ ހުޅުދޫ ސްކޫލްގައެވެ. މިއަހަރު ބޭއްވި ކޭމްޕުގައި ވަނީ މުޅިން އަލަށް ކޭމްޕްގައި އެންމެ މޮޅު ދިހަ ދަރިވަރުން ހޮވާފައެވެ.މި ގޮތުން އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި މަރަދޫ ސްކޫލްގެ،ފޭދޫ ސްކޫލްގެ ދެކުދިން ހޮވިފައިވާ އިރު ހިތަދޫ ސްކޫލް އާއި ޝަރަފުއްދީން ސްކޫލްގެ 3 ދަރިވަރަކު ވަނީ އެންމެ މޮޅު 10 ކުދިންގެ ތެރޭގައި ހިމެނިފައެވެ.
މި އަހަރު މި ކޭމްޕްގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ މަރަދޫ ސްކޫލްގެ އިތުރުން،ހިތަދޫ ސްކޫލް،ޝަރަފުއްދީން ސްކޫލް އަދި ފޭދޫ ސްކޫލްއެވެ.