English Edition
Dhivehi Edition

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިއަދުވެސް ދެ މީހަކު ވަނީ ނިޔާވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ 62 އަހަރުގެ ފިރިހެނަކު ރޭ މެންދަމު 12:48 ގައި ނިޔާވެފައިވާއިރު، ގދ. އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ 88 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ ރޭ އިރާކޮޅު 5.30 ގައި ނިޔާވެފައެވެ.

މިއާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 173 އަށް އަރައިފައެވެ.