English Edition
Dhivehi Edition
30 މެއި 2021: އައްޑޫ އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އައްޑޫ އީއޯސީ

އައްޑޫ ސިޓީން މިއަދު އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، މިއަދު 18:00 އާ ހަމައަށް ހިތަދޫން 03 މީހަކާއި، މަރަދޫފޭދޫން 01 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މިއާއެކު އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 297 އަށް އަރާފައިވާއިރު، މިހާރު ބަލިން ފަސޭހަ ނުވެ ތިބީ 163 މީހެކެވެ. މީގެ ތެރެއިން 02 މީހަކަށް ދަނީ ހަސްފަތާލުގައި ފަރުވާ ދެމުންނެވެ.

މިހާތަނަށް އައްޑޫ ސިޓީން ޖުމްލަ 4،532 ސާމްޕަލް ނަގާފައިވާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނަގާފައި ވަނީ 250 ސާމްޕަލެވެ.