English Edition
Dhivehi Edition

ސަމާ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރުކުރި ލޯންޗަކާއި ރީތިރަށް ރިސޯޓު ކައިރީގައި އަޅާފައި އޮތް ސަޕްލައި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އައްޑޫސިޓީގެ މީދޫ ޒުވާނަކަށް ވަރަށް ބޮޑަށް އަނިޔާވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ، ސަމާ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރު ކުރި ލޯންޗެއް ރީތިރަށް ރިސޯޓް ކައިރީގައި އަޅާފައިވާ ކަންނެލި ދޯންޔެއްގައި ޖެހި ހިގި އެކްސިޑެންޓުގައި ޒަހަމްވެފައިވަނީ ސ.މީދޫ ހަނދުވަރުމަތީގެ އަލީ ވަސީމްއަށެވެ. މި ހަދިސާގައި އޭނަގެ ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން ސިކުނޑިއަށް ގެއްލުން ލިބި މިހާރު އަންނަނީ އައިސީޔޫ ގައި ފަރުވާ ދެމުންނެވެ. އަލީ ވަސީމް ގެ ބޮލުގެ އޮޕަރޭޝަނެއް ކުރުމަށްޓަކައި މިހާރު ތައްޔާރުވަމުން އަންނައިރު ލިބުނު ގެއްލުމުގެ މާ ބޮޑު ތަފްސީލެއް އޭޑީކޭއިން އަދި ހާމަކޮށްފައެއް ނުވެއެވެ. އެކްސިޑެންޓް ހިނގި އިރު ދުއްވާފައި ދިޔަ ލޯންޗުގައި 15 މީހުން ތިބި އިތުރު މި ހާދިސާގައި 14 މީހަކަށް އެކިވަރު އަނިޔާތައްވަނީވެފައެވެ. އަނިޔާ ވި މީހުންނަށް ލިބުނު ޒަހަމްތަކުގެ ސީދާ ތަފްސީލެއް އަދި ނޭގޭ ކަމަށާއި ހާލުދެރަ 3 މީހަކަށް އައިސީޔޫ ގައި ފަރުވާ ދެމުންދާ އިރު އީއާރުގައި 2 މީހަކު އަދި އޮބްޒަވޭޝަނުގައި 7 މީހަކަށް ފަރުވާ ދެމުންދާ ކަމަށް އޭޑީކޭ ހޮސްޕިޓަލުންވަނީ ބުނެފައެވެ. މި ހާދިސާ ހިނގުމާއެކު ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރުވަނީ އަނިޔާވި މީހުންގެ ޙާލު ބެއްލެވުމަށްޓަކައި އޭޑީކޭއަށް ވަޑައިގެންފައެވެ. ޑިފެންސް މިނިސްޓަރ ވިދާޅުވީ، ގަވާއިދުތަކަށާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭއިރު، އެގޮތަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކަކީ ބޮޑެތި ގެއްލުންތަކެއް ކަމަށެވެ. ލޯންޗުގައި ތިބި 15 މީހުންނަކީ ވެސް ސަމާ އައިލެންޑް ރިސޯޓްގެ ސްޓާފުންނެވެ.