English Edition
Dhivehi Edition

ގއ ވިލިނގިލީގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 05 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަން ވިލިނގިލި އީ.އޯ.ސީ އިން ރޭ ހާމަކޮށްފިއެވެ.

ވިލިނގިލި އީ.އޯ.ސީ އިން ރޭ ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، 24 ގަޑިއިރު ތެރޭގައި ވިލިނގިލީގައި ޖުމްލަ 05 މީހުން ޕޮޒިޓިވްވެ، 02 މީހުން ބަލިން ރަނގަޅުވެ، މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ޖުމްލަ އަދަދު 36 ކަށް އަރައިފިއެވެ.

ރޭ ކުރިއަށް ގެންދިޔެ އީ.އޯ.ސީ ޙާއްސަ ޝެޝަންގައި ވާހަކަ ދައްކަވަމުން ގއ އަތޮޅު ފޯކަލް ޕޮއިންޓް އަސްމާ އަބްދުﷲ ވިދާޅުވީ، މިއަދު ޖުމްލަ 5 ސާމްޕަލެއް ޕޮޒިޓިވް ވެފައިވާކަމަށާއި އެއީ ކޭސް ނަންބަރު 23 އާއި ގުޅުންހުރި ޑައިރެކްޓް 02 ކޮންޓެކްޓްގެ އިތުރުން ކޭސް ނަންބަރު 29 އާއި ގުޅުންހުރި ކަރަންޓީން ކޮށްފައިވާ 3 ކޮންޓެކްޓް އެއް ކަމަށެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން އަސްމާ ވިދާޅުވީ، އިއްޔެ ވިލިނގިލީގައި 29 ސާމްޕަލެއް ނަގައިފައިވާއިރު ރިލީޒިން ސާމްޕަލެއް ގޮތުގައި ފާހަގަކުރެވުނު 17 ސާމްޕަލެއް މާލެ ފޮނުވިފައިވާ ކަމަށާއި އަދި މިވަގުތު ޕެންޑިންގައި 22 ސާމްޕަލެއް ވާ ކަމަށް އަސްމާ ވަނީ ފާހަގަކުރައްވާފައެވެ.

ވިލިނގިލީގައި ކޮވިޑް ފެތުރިފައިވަނީ ހޯމް ކަރަންޓީނު ކޮށްފައިވާ ފަރާތެއް ކަރަންޓީނާއި ޚިލާފުވެ އެ ފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.