English Edition
Dhivehi Edition
ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދިޔަ ޑްރިލެއްގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ (ސަން)

ރާއްޖެއިން ބްލެކްފަންގަސް ފެނިފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ހާމަކޮށްފިއެވެ.

އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކި އުމުރުން ދުވަސްވީ މީހެއްގެ ފަރާތުން ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނި ސާމްޕަލް ނަގައި، ޓެސްޓް ކުރަން ފޮނުވާފައިވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. ބްލެކްފަންގަސް ކަމަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިފައިވަނީ ކުރިން ކޮވިޑް ޖެހިގެން ރަނގަޅު ވެފައިވާ މީހެއްގެ ފަރާތުންނެވެ.

މިރޭ އެޗްޕީއޭ އިން ބުނީ ބްލެކްފަންގަސް އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި ސާމްޕަލްގެ ނަތީޖާ ލިބިފައިވާ ކަމަށެވެ. އަދި އެ ބަލިމީހަގެ ކިބައިން ފެނުނީ އެނދުމަތި ކުރެވި، ގިނަ ދުވަސްވެފައި ތިބޭ މީހުންގެ ގައިން ބައެއް ފަހަރު ފެންނަ ފަންގަލް އިންފެކްޝަނެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ރާއްޖެއިން ބްލެކްފަންގަސް އަދި ފެނިފައިނުވާއިރު، އަވައްޓެރި އިންޑިއާއިން ކޮވިޑް ބަލި ޖެހިގެން ރަނގަޅުވާ މީހުންގެ ކިބައިން މި ބަލި އަންނަނީ ފެންނަމުންނެވެ. އިންޑިއާގެ ސްޓޭޓުތަކުގައި ބްލެކް ފަންގަސް އަކީ އާންމު ރޯގާ އެއް (އެޕެޑެމިކް) އެއް ކަމަށް ކަނޑައެޅުމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީން ވަނީ ނިންމާފައެވެ.