English Edition
Dhivehi Edition

ގދ. ވާދޫ އިން އިތުރު ދެމީހަކު ކޮވިޑް-19އަށް ފައްސިވެ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 06 އަށް އަރައިފިއެވެ.

މާލެއިން ދަތުރުކޮށް ހޯމް ކަރަންޓީނުގައި ތިބި ބައެއް، ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ނެގި 02 ސާމްޕަލެއްގެ ފައްސި ނަތީއްޖާ މިއަދު ލިބިފައިވާކަމަށް ވާދޫ ސިއްޙީ މަރުކަޒުން ހާމަކޮށްފިއެވެ.

މިއަދު ފައްސި ނަތީއްޖާ ލިބުނު ދެ އަންހެނުންނަކީ ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނަގައި، މިމަހުގެ 20 ވަނަ ދުވަހު ފައްސި ނަތީއްޖާ ލިބުނު މީހާއާއި އެއްކޮށް ކަރަންޓީނުގައި ތިބި 02 އަންހެނުން ކަމަށް ވާދޫ ސިއްޙީ މަރުކަޒުގެ ސީނިއަރ ހެލްތު އެޑްމިނިސްޓްރޭޓަރު އަހްމަދު ޒުހައިރު ވަނީ އޭ.އޯ ނިއުސް އަށް މަޢުލޫމާތު ދެއްވާފައެވެ.

މާލެ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް ޓެސްޓް ކުރެވޭ މީހުންގެ ތެރެއިން ފައްސިވާ މީހުންގެ ރޭޓް އިންތިހާއަށް މަތިވެފައިވާއިރު، ހޯމް ކަރަންޓީނަށް ރަށަށް ވަޑައިގަންނަވާ އެންމެހާ ފަރާތްތަކާއި، ރަށުގައި ދިރިއުޅުއްވާ އެންމެހާ ބޭފުޅުން ކަރަންޓީންގެ އުސޫލުތަކަށް ފުރިހަމައަށް ބޯލެނބުމަކީ ކޮންމެހެން ބޭރަށް ދާންޖެހޭ މުހިންމު ކަމެއްގައި މެނުވީ ބޭރަށް ނުދިއުމަށް ވާދޫ ސިއްޙީ މަރުކަޒުން އެދިލައްވައެވެ.