English Edition
Dhivehi Edition

ފުރަތަމަ ފަހަރަށް ކޮވިޑް19 އާއި ގުޅިގެން މިވަގުތުގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ގއ ވިލިނގިލި އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ އިން ޕުރެސް ކޮންފަރެންސް އެއް ބާއްވައިފިއެވެ.

މިރޭ ޕުރެސް ކޮންފަރެންސްގައި ބާއިވެރިވެފައިވަނީ، ގއ އަތޮޅުގެ ފޯކަލް ޕޮއިންޓް އަސްމާ އަބްދުﷲ އާއި ވިލިނގިލި ޕޮލިސް ސްޓޭޝަން އިންޗާރޖް މުޙައްމަދު ޙަލީމް އިތުރުން ވިލިނގިލީ ކައުންސިލް މެމްބަރު އިބްރާހިމް ރަޝީދެވެ.

ޕްރެސްގައި ވާހަކަ ދައްކަވަމުން އަސްމާ ވިދާޅުވީ، ވިލިނގިލީގައި މިހާތަނަށް 27 ކޭސްއެއް ފެނިފައިވާ ކަމަށާއި އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް ހިމެނޭކަމަށެވެ. މިގޮތުން ޕޮޒިޓިވްވި ކުދިންގެ ތެރޭގައި ޔޫކޭޖީ 2 ކުއްޖަކާއި، ގްރޭޑް 8 ގެ 4 ކުއްޖަކާއި، ގްރޭޑް9 ގެ 1 ކުއްޖަކު، އަދި ގްރޭޑް 7 ގެ 2 ކުއްޖެއްގެ އިތުރުން ގުރޭޑް 3 ގެ އެއް ކުއްޖަކު ހިމެނޭ ކަމަށެވެ.

މީގެ އިތުރަށް އަސްމާ ވިދާޅުވީ، އެންމެ ބޮޑަށް ބަލި ފެތުރިފައިވަނީ އެސްޓީއޯގައި މަސައްކަތް ކުރާ 2 މުވައްޒިފަކު ޕޮޒިޓިވްވުމުގެ އިތުރުން ފިހާރައެއްގައި މަސައްކަތްކުރާ ފަރާތެއް ޕޮޒިޓިވްވުމާއި ގުޅިގެން ކަމަށެވެ. ވިލިނގިލީގައި ކޮޥިޑް ކޭސްތަކާއި ގުޅިގެން 336 ގެ ކަރަންޓީން ކޮށްފައިވާ ކަމަށް މިރޭގެ ޕްރެސްގައި އަސްމާ ވަނީ ހާމަކޮށްފައެވެ.

ވިލިނގިލީގައި ކޮވިޑް ފެތުރިފައިވަނީ ހޯމް ކަރަންޓީނު ކޮށްފައިވާ ފަރާތެއް ކަރަންޓީނާއި ހިލާފުވެ އެ ފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

1 ކޮމެންޓް
އައްޔު
މެއި 22, 2021
ފިޔަވަޅުތަށް ހަރުދަނާކުރަނީ ރައްޔިތުންގެ ހައްޤުގައިކަން ރައްޔިތުން ވިސްނަންވާނެ ފަރުދީ ޒިންމާއޭކިޔާފަ އެޒިންމާ އަދާނުކުރެވޭ މީހުން ހައްޔަރުކޮށް މައްސަލަ ތަހުޤީޤުކުރަންވެސް ޖެހޭނެ ހަމައެކަނި ޖޫރިމަނާކުރުމަކުން ނުފުދޭނެ