English Edition
Dhivehi Edition

އެކްތާ ކަޕޫރުގެ އެންމެ ޑްރާމާ ކަސޯޓީ ޒިންދަގީ ކޭގެ ފުރަތަމަ ބައިގައި ޕްރެނާގެ ރޯލުން މަގްބޫލުކަން ހޯދި، ޝްވެތާ ތިވާރީގެ ދެވަނަ ކައިވެނިވެސް ރޫޅުމަަކަށް އައިސްފައިވާއިރު ގިނަ ބަޔަކު އަންނަނީ، އޭނާއަށް އެއްވެސް މީހަކާއި އެކު ނޫޅެވޭނެކަމަށް ބުނެ ފާޑުކިޔަމުންނެވެ.

ޝްވެތާ އެންމެ ފުރަތަމަ ކައިވެނިކޮށްފައިވަނީ 1998 ވަނަ އަހަރުގައެވެ. ޝްވެތާ އާއި ރާޖާ ޗައުދަރީގެ ކައިވެނި 2007 ވަނަ އަހަރު ރޫޅުނު އިރު އެ ކައިވެންޏަށްވަނީ އަންހެން ދަރިއަކު ލިބިފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ހުސްކޮށް ހުރުމަށް 2013 ވަނަ އަހަރުގެ ޝްވެތާ ވަނީ އަބިނޭވް ކޯލީއާއި ކައިވެނިކޮށްފަ އެވެ. އެ ދެމީހުންނަށް ފިރިހެން ކުއްޖަކު ވެސް ލިބިފައިވާއިރު، މިހާރު އެ ކައިވެނިވެސް ވަނީ ރޫޅިފައެވެ

ދެވަނަ ކައިވެނީގައި ގިނަ މައްސަލަތަކެއް ޖެހި ޝްވެތާ އާއި އަބިނޭވް ވަކިން ދިރިއުޅެމުން އަންނައިރު ޝްވެތާގެ ފުރަތަމަ ކައިވެންޏަށް ލިބުނު އަންހެން ދަރިފުޅު، ޕަލަކް އަށް އޭނާގެ ދޮން ބައްޕަ އަބިނޭވް ޖިންސީ ފުރައްސާރަ ކުރިކަމުގެ އަޑުތައްވެސްވަނީ ފެތުރިފައެވެ.

ޝްވެތާ، އެބިނޭވް އާއި އޭނާގެ ދަރިފުޅު ދުރުކުރަން އުޅޭކަމުގެ ތުހުމަތުތަކެއް އެބިނޭވް ވެސް ކޮށްފައިވާއިރު އޭނާވަނީ ޝްވެތާ އޭނައަށް ދަރިފުޅު ނުދައްކާކަމަށްވެސް ބުނެފައެވެ. އަދި ދަރިފުޅު އެކަނި ބެހެއްޓުމަށްފަހު ޝްވެތާ ޝޫޓިންތަކަށްދާ ކަމުގެ ތުހުމަތުތަކެއްވެސް އަބިނޭވް ވަނީ ކޮށްފައެވެ.

މި ވާހަކަތާކައި ގުޅިގެން ޝްވެތާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން އަންނައިރު އޭނާގެ ދިފާއުގައި ޝްވެތާގެ ފުރަތަމަ ފިރިމީހާ ރާޖާ ވަނީ ވާހަކަދައްކާފައެވެ. މި ގޮތުން އޭނާ ބުނީ ޝްވެތާއަކީ ވަރަށް ރަގަޅު އަނބެއް އަދި މަންމައެއް ކަމަށެވެ. އަދި ޝްވެތާގެ ދެވަނަ ކައިވެނި ރޫޅިގެން ދިއުމަކީ އޭނާގެ ބަދު ނަސީބުކަމުގައި ރާޖާ ވަނީ ބުނެފައެވެ.