English Edition
Dhivehi Edition

ގއ. ދާންދޫއިން އިތުރު ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ ޖުމްލަ އެކްޓިވް ކެސްތަކުގެ އަދަދު 32 އަށް އަރައިފިއެވެ.

ދާންދޫގައި ކޮވިޑް-19 ހަލުވިކަމާއިއެކު ފެތުރެމުން ދިއުމާއި ގުޅިގެން ކުރިއަށް ގެންދާ ކޮންޓެކްޓް ޓްރެސިން މަސައްކަތުގެ ތެރެއިން އިތުރު ސާމްޕަލްތަކެއްގެ ނަތީއްޖާ ޕޮޒިޓިވްވެފައިވާ ކަމަށް ދާންދޫ ސިއްހީ މަރުކަޒުން ވަނީ ހާމަކޮށްފައެވެ.

މި ކޭސްތަކާއި އެކު މިވަގުތު ދާންދޫގައި ކޮވިޑަށް ޕޮޒިޓިވްވި މިހުންގެ އަދަދު 32 އަށް އަރައެވެ. ޕޮޒިޓިވް ވިމީހުންގެ ތެރެއިން ހައި ރިސްކް ގެޓަގަރީގެ 04 މީހަކާއި 18 އަހަރުން ދަށުގެ 08 ކުޑަކުދިން ހިމެނޭކަމަށް ދާންދޫ ސިއްޙީ މަރުކަޒުން މަޢުލޫމާތުދެއެވެ.

ގއ. ދާންދޫގައި ކޮވިޑް19 އާއި ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް މިމަހު 12 ވަނަ ދުވަހު ވަނީ މޮނިޓަރިންގ ޙާލަތަށް ގެނެސްފައެވެ. މި ވަގުތު ގއ. ދާންދޫ އިތުރުން ގއ. ގެމަނަފުށި އަދި ގއ. ވިލިނގިލި ވެސް ވަނީ މޮނިޓަރިންގ ހާލަތުގައެވެ.

ގއ އަތޮޅު ކޮވިޑް ކޭސްތަކަށް ބަލާލާއިރު، ގއ. ދާންދޫގައި 32 މީހުން، ގއ. ގެމަނަފުށީގައި 23 މީހުން، ގއ. ކޫއްޑޫގައި 03 މީހުން، ގއ. ވިލިނގިލީގައި 26 މީހުން، ގއ. ނިލަންދޫގައި އެކަކު އަދި ގއ. ދެއްވަދޫގައި އެކަކު ޕޮޒިޓިވްވިފައިވެއެވެ.