English Edition
Dhivehi Edition

ވާދޫ އިން 02 މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެރަށް މޮނިޓަރިންގ ހާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފިއެވެ.

ގދ. ވާދޫގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައް ބެލުމަށް މިރޭ ވާދޫ މޮނޮޓަރިންގ އަށް ލާފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ވަނީ ހާމަކޮށްފައެވެ.

ގދ. ވާދޫގައި ހޯމް ކަރަންޓީންގައި ހުރި ޒުވާން ފިރިހެނެއް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރުމާއި ގުޅިގެން ނެގި ސާމްޕަލެއް ކޮވިޑް-19 އަށް ފައްސި ވެފައިވާކަން މިމަހުގެ 13 ވަނަ ދުވަހުގެ ގދ. ވާދޫ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. އަދި މިއަދު މެންދުރުގެ ވަގުތެއްގައި އިތުރު ސާމްޕަލެއްގެ ނަތީއްޖާ ފައްސިވެފައިވާކަމަށް ކައުންސިލުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

މިވަގުތު ގދ. އަތޮޅުގެ ވާދޫގެ އިތުރުން ތިނަދޫ އަދި ގައްދޫ، ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ވަނީ މޮނިޓަރިންގ އަށް ލާފައެވެ.