English Edition
Dhivehi Edition

ގއ ދާންދޫއިން އިތުރު 02 މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެ ޖުމްލަ އެކްޓިވް ކޭސްތަކުގެ އަދަދު 16 އަށް އަރައިފިއެވެ.

ދާންދޫ ކޮވިޑް19 ހަލުވިކަމާއި އެކު ފެތުރެމުން ދިއުމާއި ގުޅިގެން ކުރިއަށް ގެންދާ ކޮންޓެކްޓް ޓްރެސިން މަސައްކަތުގެ ތެރެއިން އިތުރު 02 ސާމްޕަލެއްގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށް ދާންދޫ ސިއްހީ މަރުކަޒުން އޭއޯ ނިއުސްއަށް ކަށަވަރުކޮށްދީފިއެވެ.

މި ކޭސްތަކާއި އެކު މި ވަގުތު ދާންދޫގައި ކޮވިޑަށް ޕޮޒިޓިވްވި މިހުންގެ އަދަދު 16އަށް އަރައެވެ. މީގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭކަމަށާއި އަދި ހައި ރިސްކް ކެޓަގަރީ މީހަކު ނުހިމެނޭ ކަމަށް ދާންދޫ ސިއްޙީ މަރުކަޒުން މަޢުލޫމާތު ލިބެއެވެ.

ގއ ދާންދޫ ކޮވިޑް19 އާއި ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް މީގެ ދެ ދުވަސް ކުރިން ވަނީ މޮނިޓަރިންގ ޙާލަތަށް ގެނެސްފައެވެ. މި ވަގުތު ގއ ދާންދޫ އިތުރުން ގއ ގެމަނަފުށިވެސް ވަނީ މޮނިޓަރިންގ ހާލަތުގައެވެ.

ގއ އަތޮޅު ކޮވިޑް އެކްޓިވް ކޭސްތަކުގެ ތަފާތު ހިސާބުތަކަށް ބަލާލާއިރު ގއ ދާންދޫ 16 މީހަކު، ގއ ގެމަނަފުށި 11 މީހުން، ގއ ކޫއްޑޫ 04 މީހުން، ގއ ވިލިނގިލިން 3 މީހުން އަދި ގއ ކަނޑުހުޅުދޫއިން އެކަކު ޕޮޒިޓިވްވެފައިވެއެވެ.