English Edition
Dhivehi Edition

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް، ޑރ. ޢަލީ ޝަމީމް އައްޑޫސިޓީއަށް ޒިޔާރަތް ކުރައްވައިފިއެވެ.

އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ އަހަރީ ބައްދަލުވުން ޝަރަފުވެރި ކޮށްދެއްވުމަށް ކައުންސިލުން ދެއްވި ދައުވަތަކަށް އައްޑޫސިޓީއަށް ކުރެއްވެވި މި ދަތުރުފުޅުގައި ކޮމިޝަނަރ ވަނީ އައްޑޫގެ ސްކޫލްތަކުގެ ބެލެނިވެރިންނާއި އަދި ދަރިވަރުންނާ ވެސް ބައްދަލުކުރައްވަވާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޝަރަފުއްދީން ސްކޫލުގެ ބެލެނިވެރިންނާ ބައްދަލުކޮށް، “ދަރިން ތަރުބިއްޔަތުކުރުމުގެ ޒަމާނީ އަދި މޮޅު ހުނަރުތައް” މިނަމުގައި ޑރ ޝަމީމް ވަނީ ލެކްޗަރއެއް ދެއްވާފައެވެ. އަދި ހުކުރު ދުވަހު ޝަރައްފުއްދީން ސްކޫލުގެ އޯ ލެވެލް އަދި އައްޑޫ ހައިސްކޫލުގެ އޭލެވްގައި ކިޔަވަމުންދާ ދަރިވަރިންނާ ބައްދަލުކޮށް ކިޔެވުމުގެ ހުނަރުތަކާއި ގުޅޭގޮތުން މަޢުލޫމާތުތަކެއްވަނީ ހިއްސާކޮށްފައެވެ.

މީގެ އިތުރުން ކައުންސިލް އިދާރާގައި ބޭއްވި ޑިޕްލޮމާ އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގެ އޮރިއެންޓޭޝަން ޕްރޮގްރާމުގައި ބައިވެރިންނަށް ކޯހާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރެއްވީވެސް ޑރ. ޢަލީ ޝަމީމެވެ. މިއޮރިއެންޓޭޝަން ޕްރޮގްރާމަށްފަހު ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ސިވިލް ސަރވިސް އިސް މުވައްޒަފުންނާ ޑރ. ޢަލީ ޝަމީމު ވަނީ ބައްދަލުކުރައްވާފައެވެ.

ކައުންސިލްގެ މުވައްޒަފުންގެ އަހަރީ ބައްދަލުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ޑރ. ޢަލީ ޝަމީމުގެ އައްޑޫން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުގެ ހަވީރުގައެވެ.