English Edition
Dhivehi Edition

ގއ ދާންދޫ އިންތިޙާބީ ކައުންސިލް ރައީސް އަދި ޕީޕީއެމް/ ޕީއެންސީގެ ކުރީގެ ކޯޑިނޭޓަރ މުޙައްމަދު އާސިފް (ދާންދޫ އާސިފް) ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އާސިފް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ހާމަކޮށް ދާންދޫ ކައުންސިލް ރައީސް އިސްމާއިލް އަޙްމަދު ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ އާސިފް ކަރަންޓީން މުއްދަތުގެ ކުރިން ކޮވިޑަށް ޓެސްޓް ކުރުމަށް 7 މޭއި 2021 ގައި ނެގުނު ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށާއި އިންތިޙާބީ ރައީސް އަށް ވަރަށް އަވަސް ޝިފާއަކަށް އެދޭ ކަމަށެވެ.

ރާއްޖޭގެ ކޮވިޑަށް ޕޮޒިޓިވް ވާ އަދަދު ނުރައްކާ މިންވަރަށް އިތުރުވާން ފަށައިފައިވާއިރު، އަތޮޅުތެރޭގެ ޙާލަތު ގޯސްވެ ރައްކާތެރިކަމުގެ ފިޔަވަޅެއް ގޮތުން ކަރަންޓީން މުއްދަތު 10 ދަވަހުން 14 ދުވަހަށް އިތުރުކޮށްފައިވެއެވެ.

މިހާރު ރާއްޖޭގެ ފަރުވާދެމުންދާ މީހުންގެ އަދަދު 8261 އަށް އަރާފައިވާއިރު ރާއްޖޭގެ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 34134 އަށް އަރާފައިވެއެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 25782 އަށް ވަނީ އަރާފައިވެއެވެ. ރާއްޖެގެ ކޮވިޑް ބަލީގައި 82 މީހުން ނިޔާވެފައިވެއެވެ.