English Edition
Dhivehi Edition

އައްޑޫސިޓީ މީދޫ އިން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ހުޅުދޫ މީދޫ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 19 އަށް އަރައިފިއެވެ.

\މީދޫން ޕޮޒިޓިވް ވެފައިވަނީ ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.

ހުޅުދޫ ނިއުލައިން ބޯޓުން މާލެއިން އައި އެ ބޯޓުގެ ފަޅުވެރިން ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ އިން ނަގަމުން ދާ ސާމްޕަލްތައް ޕޮޒިޓިވް ވަމުންދާ މި ދަނޑިވަޅުގައި ދެ ރަށުގެ ހުރިހާ ރައްޔިތުން މިކަމަށް ސަމާލުވުމަށް އަދި އެޗްޕީއޭގެ އެންގުންތަކަށް އަމަލުކުރުމަށް ސިއްޙީ މަރުކަޒު ހިންގެވުމާއި ހަވާލުވެގެން ހުންނެވި އިބްރާހިމްދީދީ ދަނީ ތަކުރާރުކޮށް އިލްތިމާޒް ކުރައްވަމުންނެވެ.

ހުޅުދޫ މީދޫގެ އިތުރުން އައްޑޫ ސިޓީގެ އެހެން އަވަށްތަކުންވެސް ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ސިޓީއަށް އަރާ ފޭބުން މަނާކޮށްފައިވާއިރު މުޖްތަމައު ތެރޭގައި ބަލި ފެތުރިފައިވާ މިންވަރު ބެލުމަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރާއްޖެއިން އިއްޔެ އެކަނިވެސް 766 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެފައިވެއެވެ. އެޗްޕީއޭ އިން ވަނީ ރައްޖޭގެ ގިނަ އަތޮޅުތަކުގައި ފިޔަވަޅުތައް ހަރުކަށިކޮށް ކާފިއު އިއުލާންކޮށްފައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި 8261 މީހުން އެބަތިއްބެވެ. އޭގެތެރެއިން 205 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.