English Edition
Dhivehi Edition
ފޭދޫ ގައި ފަތާ ޓްރެކް އަޅަނީ/ފޮޓޯ އޭއޯނިއުސް އަލީ ނާސިރު

އައްޑޫ ސިޓީ އާއި އާއި ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ދެ ސިޓީގައިވެސް ރޭގަނޑު 9 އިން ފަތިހު 4 އަށް ކާފިއު ހިންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނިންމައިފި އެވެ.

މިއަދު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން މިއަދުން ފެށިގެން 07 ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަަމަށެވެ. މި ގޮތުން..

  • ރޭގަނޑު 9 އިން ފަތިހު 4 އަކަށް އެއްގަމު އުޅަނދުތައް ދުއްވުމާއި، މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވުން މަނާކުރުން
  • ޕާޓީތަކާއި ހަފުލާތައް ބޭއްވުން މަނާ.
  • އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.
  • ފުވައްމުލައް ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން
  • އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުން.
  • ސެލޫންތަކާއި ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން

  • ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.

  • ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން.

  • ފިރާތަކުން ހިދުމަތް ދޭއިރު، އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ފިހާރަތަކުގެ ހިދުމަތް ދިނުން.

  • ޔުނިވަސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރު ވެގެން ކުލާސްތައް ކުރިއަށް ގެންދިޔުން ހުއްޓައިލުން.

  • ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުން. ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތެއް ނުހިމެނޭނެ

ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ޖުމްލަ މިހާރު 33،368 އަށް އަރާފައިވާއިރު ބަލި ކޮންޓްރޯލް ކުރުމަށް މާލެ ސިޓީގައިވެސް ވަނީ ކާފިއު އިއުލާންކޮށްފައެވެ.