ތިނަދޫ ކްލަސްޓަރ ތަކުން ގދ.ތިނަދޫގައި ފައްސިވެފައިވާ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހުން ކަރަންޓީން ކޮށްފައިވާ ތަންތަން ތިނަދޫ ކައުންސިލުން އާންމު ކޮށްފިއެވެ. ކައުންސިލުން ނެރުނު ލިސްޓް ގައި ޖުމްލަ 60 ތަނެއް ކަރަންޓީނު ކޮށްްފައިވެއެވެ. ހޯމް ކަރަންޓީން ގައިވާ ފަރާތްތަކުން ގެއިން ނުކުމެ ހެދުމަކީ މަނާ ކަމެއް ކަމަށާއި އެފަދަ ފަރާތްތަކުން ކަރަންޓީން އުސޫލާއި ހިލާފުވާ ނަމަ ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ކައުންސިލުން ވަނީ ދީފައެވެ.
http://Secretariat of the Thinadhoo Council
ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ތިނަދޫ ވަނީ މޮނިޓަރިންގ އަށް ލާފައެވެ. 25 އޭޕްރިލް 2021 ން ފެށިގެން 5 ދުވަހަށް ތިނަދޫ މޮނިޓަރިންނަށް ލާފައިވާތީ އެމުއްދަތު ނިމެންދެން ތިނަދޫގައި އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓޭނެ ކަމަށް ކައުންސިލުން ވިދާޅުވެއެވެ. އަދި ހާލުބެލުން ޕޯޓަލްގައި ރެޖިސްޓްރީ ނުވާ ފަރާތްތަކާއި އެޗް ޕީ އޭގެ ހުއްދަނެތި ތިނަދޫ އަށް އަންނަ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށްވެސް ތިނަދޫ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ގދ. ތިނަދޫގައި އެކްޓިވް ކޭސްގެ ގޮތުގައި 23 ކޭސް ވާއިރު، ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.ރާއްޖޭގައިވެސް ކޮވިޑް-19 ބަލި ހަލުވިކަމާއެކު ފެތުރެމުން އަންނަ މި ދަނޑިވަޅު ތިނަދޫފަދަ އެތަށް ރަށެއް މިވަނީ ނުރައްކަލަށް ހުށަހެޅިފައެވެ.
މިޙާލަތުގައި ބަލި ފެތުރުން ހުއްޓުވުމަށް ކަމާގުޅޭ ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތާއެކު ޢާއްމުންގެ އެހީތެރިކަމާއި އެއްބާރު ލުމަކީ މި ދަނޑިވަޅަށް އެންމެ މުހިއްމު ކަން ކަމުގައި ސިއްޙީ މާހިރުން ގެންދަވަނީ ތަކުރާރުކޮށް ކޮންމެ ދުވަހަކު ވިދާޅުވަމުންނެވެ. ކޮންޓެކްޓް ޓްރޭސިން ހެދުމުގައި ޙަގީގީ މަޢުލޫމާތު ހާމަކޮށްގެން ޑައިރެކްޓް ކޮންޓެކްޓް ވި ފަރާތްތައް ދެނެގަންނަން ފަސޭހަވެގެންދާނެތީ މިކަމަށް އެއްބާރުލުން ދެއްވައި ތިނަދޫގެ ބައެއް ފަރާތްތަކުން ގާތް ރައްޓެހިންނަށް ޕޮޒިޓިވް ވި ކަމުގެ މެސެޖް ސޯޝަލް މީޑިއާ މެދުވެރިކޮށް ދެއްވަމުން ގެންދަވާކަން އެއީ މިބަލި ކޮންޓްރޯލް ކުރުމަށް ރައްޔިތުން ދެއްވާ ސަމާލުކަން ހާމަވާ ކަމެކެވެ. ފަރުދީ ޒިއްމާ އަދާކުރުމުގައި ތިނަދޫއިން ލިބެމުންދާ އެއްބާރުލުމަށް ކައުންސިލުންވަނީ ޝުކުރުއަދާކޮށް މިބަލި ކޮންޓްރޯލް ކުރުމުގައި އެންމެންގެ އެހީތެރިކަމަށް އެދިފައެވެ.