English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް - ފޮޓޯ: ޑޮކްޓަރ އެމްވީ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ޗީފް ފައިނޭންޝިއަލް އޮފިސަރަކު ހޯދަން އިޢުލާންކޮށްފިއެވެ.

އޭއީއެޗް އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު 2021 މޭ 04 ވާ ބުދަ ދުވަހުގެ 13:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މި މަޤާމުގެ މުއްދަތަކީ ހަތަރު އަހަރު ކަމަށާއި، މި މަޤާމަށް ހޮވޭ ފަރާތަކަށް އަސާސީ މުސާރައިގެ ގޮތުގައި 25،000ރ. އަދި ޖޮބް އެލަވަންސް”ގެ ގޮތުގައި މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފު އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް 1،176ރ. ލިބޭނެ ކަމަށްވެސް އިޢުލާނުގައި ބުނެފައި ވެއެވެ. މި މަޤާމަށް އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ނުލިބޭނެއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް (އައި.އެފް.އޭ.ސީ) އިން ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއް (މިސާލު: އޭސީސީއޭ/ސީމާ/ސީޕީއޭ/ސިޕްފާ) ގެ ކޮލިފައިޑް އެކައުންޓެންޓަކަށްވުމާއި، އެކައުންޓިންގ އެންޑް ފައިނޭންޝިއަލް މެނޭޖްމަންޓުން ނުވަތަ އެއާއި އެެއްފެންވަރުގެ ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، ޕަބްލިކް ފައިނޭންސްގެ ދާއިރާއެއްގައި 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޗީފް ފައިނޭންޝަލް އޮފިސަރ ނުވަތަ ފައިނޭންޝަލް ކޮންޓްރޯލަރ، ނުވަތަ ޗީފް އެކައުންޓެންޓެއްގެ ގޮތުގައި މަދުވެެގެން 3 އަހަރު މަސައްކަތްކޮށްފައިވުން ހިމެނެއެވެ.

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި އިންޓަރނޭޝަނަލް ފައިނޭންށަލް ރިޕޯޓިންގް ސްޓޭންޑާރޑްސްގެ މަސައްކަތް ދަންނަފަރާތެއްކަމާއި، ހިންގުންތެރިކަމުގެ ހުނަރުހުރުމާއި ކަންކަމުގަ ޒިންމާ ނެގޭވަރު ފަރާތެއްކަމުގައިވުން ހިމެނެއެވެ. އަދި މަޤާމުގެ ޓީ.އޯ.އާރު ގައި ބަޔާންކޮށްފައިވާ ތަޖުރިބާ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.