English Edition
Dhivehi Edition

އިންސާނީ ޙައްޤުތަކުގެ ޢާއްމު ޤަރާރަކީ 10 ޑިސެމްބަރ 1948 ގައި އދ .މަޖިލީހުގެ ޢާއްމު ޖަލް ސާއިން ފާސްކޮށް އިޢުލާނު ކޮށްފައިވާ ޤަރާރެކެވެ. މި ޤަރާރާމެދު ހޭލުންތެރިކަން އިތުރުކުރުމަށް މެމްބަރު ޤަޢުމުތަކަށް އދ. އިން ވަނީ ގޮވާލައިފައެވެ. މިގޮތުން އދ. ގެ މެމްބަރު ޤައުމުތަކަށް މި ޤަރާރާމެދު އެގައުމުތަކުގެ ރައްޔިތުން ހޭލުންތެރި ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅާފައިވެއެވެ. މިގޮތުން ބަލާއިރު ޔޫކޭގައި 1998 ވަނަ އަހަރު ފާސްކޮށްފައިވަނީ ޤާނޫނުގައި ވާ ގޮތުން ކޮންމެ ރައް ޔިތަކަށް ވެސް އެ މީހެއްގެ ޙައްޤުތަކާ ބެހޭ ގޮތުން ޔޫކޭ ކޯޓުތަކާއި އަމިއްލަ ޖަމުޢިއްޔާތަކާއި ސަރުކާރުގެ އިދާރާތަކުގައި ވާހަކަ ދެއްކިދާނެއެވެ.2009 ވަނަ އަހަރު އިންސާނީ ޙައްޤުތަކުގެ ޢާއްމު ޤަރާރު ދިވެހި ބަހަށް ތަރުޖަމާކުރެވިފައި ވަނީ އެއްވެސް އުނި އިތުރު ކުރުމަކާ ނުލައި އޭގެ އަޞްލާ އެއްގޮތަށެވެ. ނަމަވެސް މި ޤަރާރުގައި ކަނޑައެޅިފައިވާ ޙައްޤުތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭނީ އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ޙައްޤުތަކަށެވެ.
ދުނިޔެ މި ވަނީ ބަވަނަ ވެފައި އެވެ. އަޅުގަނޑުމެން ގެ މި ކުޑަ ކުޑަ ދިވެހިރާއްޖެވެސް މި ވަނީ މި ބަދަލުތަކުގެ ތެރޭގައެވެ. ކޮންމެ ކަމަކީ ވެސް ތަފާތު ކަމެކެވެ. އެހެނީ މީގެ ކުރީގައި އަޅުގަނޑުމެން ނުދެކޭ އަދި އަޅުގަނޑުމެންނަށް ނުފެންނަ އެތަކެއް ކަމެއް، މިއަދު އަޅުގަނޑުމެންނަ ށް ފެނިގެން އެބަދެއެވެ. ހަމައެހެންމެ އަޅުގަނޑުމެން ކުރިން ތަޖުރިބާ ކުރަންނުޖެހޭ އެތަކެއްކަމެއް މިއަދު އަޅުގަނޑުމެން މިވަނީ ތަޖުރިބާ ކުރަންޖެހިފައެވެ. ޤައުމުތަކަށާއި، އަޅުގަނޑުމެން ދިރިއުޅޭ މާޙައުލާއި އަދި ހަމައެއާއެކީގައި، އަޅުގަނޑުމެން ބޭނުންކުރި ތަކެއްޗާއި، ވަސީލަތާއި، ވަރަށްގިނަ ކަންތައްތަކެއް ބަދަލުވެގެން އެބަދެއެވެ. އެކަމަކު މިއަދުވެސް އިންސާނުން އެދެނީ މަސައްކަތް ކުރަމުން ދިޔަ ކަންތައްތަށް ހާސިލްވުމަށެވެ. މިއަދުވެސް އިންސާނުން އެދެނީ ޞުލްޙަވެރިކަމަށެވެ. މިއަދުވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އިންސާނުން މަސައްކަތް ކުރަނީ އަދި ޖާނާއި މާލުން ޤުރްބާންވަމުންދަނީ، މީގެ އެތަކެއް އަހަރު ނުވަތަ އެތަކެއް ޤަރުނުގެ ކުރިން ވެސް އިންސާނުން ހޯދަން މަސައްކަތްކުރި ކަންތައްތައް ކަމަށްވާ ސުލްޙަ ވެރިކަން ޙާޞިލު ކުރުމަށެވެ. ނުވަތަ ޙައްޤުތައް ލިބިގަތުމަށެވެ. އެއީ، މިނިވަންކަމާއި އަމިއްލަ ޤައުމިއްޔަތުގެ ދިފާޢުގައި، ތިމާގެ ގެދޮރުގެ ދިފާޢުގައި، ތިމާގެ ނަފްސާއި، ތިމާގެ މުދަލާއި، ތިމާގެ ކުދިންނާއި، ތިމާގެ އަނބިދަރިންގެ ޙައްޤުގައި މަސައްކަތް ކުރުމުގައެވެ. ޖާނު ޙިމާޔަތް ކުރުމުގައިއެވެ. ތަނަވަސްކަން ހޯދުމުގައި ހަމަހަމަ ފުރުޞަތަށްޓަކަ އިއެވެ.
ކޮންމެ އިންސާނަކީ ވެސް އެމީހަކަށް ލިބިފައިވާ އެންމެހާ ފުރުސަތުތައް ބޭނުންކޮށްގެން އެމީހެއްގެ ދިރިއުޅުމުގައި ކުރިއެރުން ހާސިލްކުރުމަށް މަސައްކަތް ކުރާނެ ފުރުސަތު ލިބޭނެ ނުވަތަ އެ ފުރުސަތު ތަނަވަސްވެފައިވާ މީހަކަށް ވުމަށް މިވަނީ ބޭނުންވެފައެވެ. މިގޮތުން އިންސާނީ ޙައްޤުތަކަކީ މި އަދު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އެންމެ ހާ އިންސާނުން ވެސް އެ ކަމަށް އެދޭ ކަމެކެވެ. އެހެން ނަމަވެސް ހަޤީގަތަކީ މިދެންނެވި އިންސާނީ ޙައްޤުތައް އަދި އެކަމުގެ ފޮނިމީރުކަން އަދިވެސް ގިނަ އިންސާނީ ދަރިފަސްކޮޅުތަކަށް ލިބިފައިނުވާ ކަމެކެވެ. ނަމަވެސް މިއަދުވެސް އިންސާނުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދަނީ އެބައިމީހުންނަށް ލިބެންޖެހޭ އެންމެހާ އިންސާނީ އެކި އެކި ހައްޤުތަށް ހޯދުމަށްޓަކައެވެ. މިގޮތުން އިންސާނަކަށް ވީތީ ލިބެންޖެހޭ ހައްގުތަކާއި، ދިރިއުޅުމުގެ ހައްޤާއި، މިނިވަންކަމުގެ ޙައްޤާއި، އުނގެނުމު ގެ ހައްޤާއި، މުދަލާއި ބިން މިލްކު ކުރުމުގެ ހައްޤާއި މިފަދަ އެތަކެއް ހައްޤުތަކެއް ހިމެނެއެވެ.
އިންސާނީ ޙައްޤުތަކަކީ ދުނިޔޭގައި އިންސާނުން އުޅެން ފެށުނީއްސުރެ އެކަން ހޯދުމަށް ކެނޑިނޭޅި މަސައްކަތްކުރާ ކަންކަމެކެވެ. މި ޙައްޤު ތަކުގެ ވާހަކައިން އަޑުއުފުލާ އެއަށް ވަކާލާތުކުރާ މީހުން މިގައުމުގައި މަދެކޭ ނުދެންނެވޭނެއެވެ. ނަމަވެސް މިދެންނެވި އިންސާނީ ހައްގުތަކުގެ މަތިން ހަނދާންނެތިގެން ދަނީއެވެ. އާންމު ފަރުދުންނެވެ. ޖަމާއަތްތަކާއި ސަރުކާރުގެ ބައެއް މުއައްސަސާތައްވެސް މެއެވެ. މީ ހިތާމަ ކުރަންވި ކަންކަމެވެ. ގާނޫނަކުން ލިބިދީފައިވާ ހައްގުތަކެއް އެއްވެސް ސިފައެއްގައި ނިގުޅައިގަނެވުމަކީ މި މުޖުތަމައު މިއަދު ބަލައިގަންނާނެ ކަމެއް ނޫނެވެ. ކޮންމެ މީހަކަށްވެސް އެމީހަކަށް ހައްގު މިންވަރު އިނގޭނެއެވެ.