English Edition
Dhivehi Edition

ފުވައްމުލައް ސިޓީގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު އޮންލައިންކޮށް ޝަރަފުވެރިކޮށްދެއްވެވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްއެވެ.

ފުވައްމުލަކު އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަކީ މިހާރު 5.4 މެގަވޮޓެވެ. އައު އިންޖީނުގެ ގާއިމުކުރަނީ 4 މެގަވޮޓްގެ 5 ޖަނަރޭޓަރު ހިމެނޭގޮތަށް ޖުމްލަ 20 މެގަވޮޓްގެ ކެޕޭސިޓީ ގާއިމު ކުރެވޭގޮތަށެވެ. އައު އިންޖީނުގޭގެ މަޝްރޫއާއެކު ފުވައްމުލައް ސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިހާރު ކުރިމަތިވާ މައްސަލަތައް ހައްލުވެ، ހިންގުމުގެ ޚަރަދުތަކަށް ވެސް ލުއިކަން ލިބިގެންދާނެއެވެ.

ފުވައްމުލަކު ސިޓީގެ އައު އިންޖީނުގޭގެ މަޝްރޫޢާއެކު އެ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިހާރު ކުރިމަތިވާ މައްސަލަތައް ޙައްލުވެ، ތަނުގެ ހިންގުމުގެ ޚަރަދުތަކަށްވެސް ލުއިކަން ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ފުވައްމުލަކު ސިޓީގެ މިހާރުގެ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަކީ 5.4 މެގަވޮޓެވެ. އައު އިންޖީނުގެ ޤާއިމުކުރަނީ 4 މެގަވޮޓްގެ 5 ޖަނަރޭޓަރު ސެޓްގެ ޖާގަ ހިމެނޭގޮތަށް ޖުމްލަ 20 މެގަވޮޓްގެ ކެޕޭސިޓީ ޤާއިމުކުރެވޭގޮތަށެވެ. އެއާއެކު މި މަޝްރޫޢުގެ ދަށުން 8 ޓްރާންސްފޯމަރު ބެހެއްޓުމާއި، ޖުމްލަ 21 ކިލޯމީޓަރުގެ މީޑިއަމް ވޯލްޓޭޖުގެ ކޭބަލް އެޅުމާއި، އައު ފިއުލް ސްޓޯރޭޖް ޓޭންކުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ މި މަސައްކަތް ފަށާތާ 18 މަސްދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތްތައް ނިމޭއިރު ފުވައްމުލައް ސިޓީއަށް ކުރިޔަށް އޮތް 30 ނުވަތަ 40 އަހަރަށް ދަތިނުވެ ބޭނުންވާ ވަރަށް ކަރަންޓުގެ ޚިދުމަތް ދިނުމުގެ ގާބިލުކަން ހުންނާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ފުވައްމުލަކުގައި ކުރިން އޮތް ނަރުދަމާ ނިޒާމާއި އަދި އިންޖީނުގޭގެ ދަތި އުނދަގޫތަކާއެކު ރައްޔިތުންނަށް ގިނަ ތަކުލީފުތަކެއް ކުރިމަތިވަމުން ދިޔަކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އަމަލީ މަސައްކަތްފެށި މި ދެ މަޝްރޫއާއެކު މި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ނާއިބުރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީގެ ތަރައްގީއަށް ސަރުކާރުން ރާވާފައިވާކަންކަން ހުއްޓުމެއްނެތި ކުރިއަށް ގެންގޮސް ނިންމަވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް ނައިބް ރައީސް ވަނީ ވިދާޅުވެފައެވެ.

އިއްޔެ ހަވީރު ފުވައްމުލައްސިޓީގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ އަޙްމަދު ސައީދުމުޙައްމަދު އާއި ސިޓީގެ ދާއިރާތަކަށް ނިސްބަތް ވާ މަޖިލިސް މެމްބަރުންނާއި ސިޓީގެ މޭޔަރ އަދި ކައުންސިލް މެމްބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.