އީ ކޮމަރސް ޕްލެޓްފޯރމް މޫލީއިން އެޕަލްގެ އެންމެ ފަހުގެ އައިޕެޑް ޕްރޯ، މެކްބުކް އެއަރ އަދި މެކްބުކް ޕްރޯ، އުރީދޫ އެޕް މެދުވެރިކޮށް ޕްރީ އޯޑަރއަށް ހުޅުވާލައިފިއެވެ.
މޫލީ ޕްލެޓްފޯރމް މެދުވެރިކޮށް އެޕަލްގެ އެންމެ ފަހުގެ މި ޑިވައިސްތަކަށް ރައްކާތެރިކަމާއެކު ބީއެމްއެލް ނުވަތަ އެމްފައިސާ މެދުވެރިކޮށް އޮންލައިން ޕޭމަންޓް ދެއްކިގެންދާއިރު ރާއްޖޭގެ ކޮންމެހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރވެސް ކޮށްލަދޭނެއެވެ. މޫލީ ޓީމުން ވިދާޅުވީ އައިޕެޑް ޕްރޯ، މެކްބުކް ޕްރޯ އަދި މެކްބުކް އެއަރ ޕްރީ އޯޑަރއަށް ނަންގަވާ ފަރާތްތަކަށް އޭޕްރިލް މަހުގެ މެދުތެރޭ ޑިވައިސްތައް ޑެލިވަރ ކުރެވިގެންދާނެކަމަށެވެ.
އަގު (ރފ.) | ކެޕޭސިޓީ | ޑިވައިސް |
22،299 | 256 ޖީބީ | އައިޕެޑް ޕްރޯ 12.9″ |
22،599 | 512 ޖީބީ | މެކްބުކް އެއަރ 13″ |
32،199.01 | 512 ޖީބީ | މެކްބުކް ޕްރޯ 13″ |
ފުޅާވަމުން އަންނަ އީ–ކޮމަރސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލްޝޮޕިންގ ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިންޕޭމަންޓް، އީޒީ ރިޓަރންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ޚިދުމަތްވެސް މޫލީއިންފޯރުކޮށްދޭނެ ކަމަށާއި މި ޕްލެޓްފޯމްގެ ޚާއްޞަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިންރީޓެއިލަރުންނަށް، ފަސޭހަކަމާއި އެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތްކުރުމުގެ ފުރުޞަތު ފަހިވެ، ހިލޭ ވެއަރހައުސް ޚިދުމަތާއި ޑެލިވަރީ ޚިދުމަތް ލިބިގެން ދިޔުންކަމަށް އުރީދޫއިން ބުނެއެވެ.
މީގެ އިތުރުން މިޚިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައްފޯރުކޮށްދިނުމުގެ ފުރުޞަތުވަނީ ފަހިވެފައެވެ. ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށްއަދި ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސްމޫލީއިންވަނީ އެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށްވެސް އުރީދޫއިން ބުނެއެވެ. އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު،މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނައުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.
އިތުރު މަޢުލޫމާތު http://ore.do/app މި ލިންކުން ލިބެން ހުންނާނެއެވެ.