English Edition
Dhivehi Edition
ފޮޓޯ:ސަން އޮންލައިން

ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހެޅި މައްސަލައިގައި ސަސްޕެންޑްކުރި ވަކީލުންގެ ތެރެއިން 13 ބޭފުޅެއްގެ ސަސްޕެންޝަން އުވާލައިފި އެވެ.

މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 54 ވަކީލަކު ސަސްޕެންޑްކޮށްފައިވާއިރު، މިއަދުން ފެށިގެން ވަކާލާތު ކުރުން މަނާކޮށްފައި އޮތްއޮތުން ނިކުމަކަށް ގެނެސްފައިވާ ވަކީލުންނަކީ އަބްދުﷲ އަހުމަދު، އަބްދުއްސަލާމް އާރިފް، އަބްދުލްމާނިއު ހުސައިން، އަލީ ނަދީމް، އަހްމަދު ޝާން، އަބްދުއްﷲ ނަސީރު މުހައްމަދު، މުހައްމަދު ޝާހިދު، މުހައްމަދު ފައްވާޒު.ހަދީޖާ ނައީމް، އަނޫސާ މޫސާ، ޒިމްނާ އަބްދުލް މުހްސިން،ގެ އިތުރުން އިބްރާހީމް ޝިޔާމް އެވެ.

ރޭ އިތުރު 35 ވަކީލަކު ވަނީ ވަކީލުންގެ ސަސްޕެންޝަން އުވާލުމަށް ގޮވާލައި ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. މިއަދު 13 ވަކީލުންގެ ސަސްޕެންޝަން އުވާލުމުން މިހާރު އެ މައްސަލާގައި ސަސްޕެންޝަންގައި ބާކީ ތިބީ 41 ވަކީލުންނެވެ.