English Edition
Dhivehi Edition
ދިރާގު ފޮޓޯ

އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ޖުލައިމަސް ނިމުނުއިރު ރާއްޖޭގައި މޯބައިލް ފޯނު ބޭނުންކުރާ މީހުންގެ އަދަދު އަށްސަތޭކަ އަށްޑިހަ ދެ ހާހަށް އަރައިފިކަމަށް މޯލްޑިވްސް ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ބުނެފިއެވެ.

އެ އޮތޯރިޓީން އާއްމުކޮށްފައިވާ ޖުލައި މަހުގެ ޓެލެކޮމް ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫންމަހާ އަޅާބަލާއިރު ނިމިދިޔަ ޖުލައިމަހު ހަތަރުހާސް ނުވަސްތޭކަ ސައުވީސް ފަރާތުން އަލަށް މޯބައިލްފޯން ބޭނުންކުރަން ފަށާފައިވެއެވެ.

ޖުލައި މަސް ނިމުނުއިރު ރާއްޖޭގައި ސަތޭކަ ހަތަރުހާސް އެއްސަތޭކަ އަށްޑިހަ ހަތް ޕޯސްޕެއިޑް ކަސްޓަމަރުންނާއި ހަތްސަތޭކަ ހަތްދިހަ ހަތް ހާސް އަށްސަތޭކަ ހަތްދިހަ އެއް ޕްރީޕެއިޑް ކަސްޓަމަރުން ރާއްޖޭގައި އެބަތިބި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ލޭންޑްލައިން ފޯނުގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކުގެ އަދަދު ވަނީ ޖޫން މަހާ އަޅާ ބަލާއިރު ޖުލައިމަހު ދަށަށް ގޮސްފައެވެ. އެގޮތުން ރާއްޖޭގައި މިހާރު ލޭންޑްލައިންގެ ޚިދުމަތް ހޯދަނީ ވިހިހާސް ހަތްސަތޭކަ ފަރާތުންނެވެ.