English Edition
Dhivehi Edition

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލާ “ފުލުސް ބޯޑު”ގެ މެމްބަރުކަމަށް،މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު ހަމަޖެއްސުމަށް ރުހުން ދިނުމަށް މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

ފުލުހުންގެ ބޯޑަށް އައްޔަން ކުރާ އާންމު މެމްބަރުގެ ގޮތުގައި ހާމިދު ބޯޑަށް އައްޔަން ކުރަން ކޮމިޓީން ފާސް ކުރިީ، މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ނުވަ މެމްބަރުންގެ ވޯޓާއެކު އެވެ.

އެ މަގާމަށް އާންމުގެ ތެރެއިން ފަސް މީހަކު ކުރިމަތިލި އިރު ބަކީ ތިބި ހަތަރު މީހުންނަށްވެސް ކުރިމަތިލީ ތަރުތީބުން ކޮމިޓީގައި ވަނީ ވޯޓަށް އަހާފައެވެ. އެހެން ނަމަވެސް އެމީހުންނަށް ރުހުން ދޭން ފާސްވެފައިނުވާއިރު ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އާންމުންގެ ތެރެއިން ބާކީ އިން މަގާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލާނެ ކަމަށެވެ،

ޤާނޫނުގައިވާ ގޮތުން އާންމުންގެ ތެރެއިން ޕޮލިސް ބޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ބޯޑަށް އައްޔަން ކުރާނެ ފަރާތެއް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓަށް ފަހުގައެވެ.

ހާމިދު އެމަގާމަށް އައްޔަަން ކުރަނީ، މަޖިލިސް ތަޅުމުގައި އެކަމަށް ނަގާ ވޯޓުން ފާސްވެއްޖެނަމައެވެ.