English Edition
Dhivehi Edition
ކޮވިޑް-19 ވެކްސިން ދިނުން ސ. އަތޮޅު މަދަރުސާގައި ކުރިއަށްދަނީ - ފޮޓޯ: ހުޅުމީދޫ ޞިއްޙީ މަރުކަޒު

އައްޑޫ ސިޓީގައި 30 އަހަރުން މަތީގެ މީހުންނަށާއި ބިދޭސީންނަށް ކޮވިޑް-19 ވެކްސިން ދޭން މިއަދު ފަށާނެ ކަމުގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ހާމަކޮށްފިއެވެ.

އެގޮތުން އޭއީއެޗް އިން ހާމަކުރާ ގޮތުގައި އުމުރުން 18 އަހަރުން މަތީގެ ދާއިމީ ބަލިތަކަށް ބޭސްކުރާ ދިވެހިންނާއި ބިދޭސީންގެ އިތުރުން، އުމުރުން 30 އަހަރުން މަތީގެ ދިވެހިންނަށް ވެކްސިން ދިނުން މިއަދުން ފެށިގެން އައްޑޫގެ ހުރިހާ އަވަށްތަކެއްގައި ކުރިއަށްދާނެ ކަމަށެވެ.

މީގެ އިތުރުން ވެކްސިން ޖެހުމަށް ދާ ބިދޭސީން ޕާސްޕޯޓުގެ ކޮޕީއަކާއި ޞިއްޙީ ލިޔެކިޔުންތައް ހިފައިގެން ދިއުމަށްވެސް ހޮސްޕިޓަލުން ވަނީ އަންގައިފައެވެ.

އައްޑޫ އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އޭއީއޯސީ) އިން ހާމަކުރާ ގޮތުގައި އިއްޔެގެ ނިޔަލަށް އައްޑޫގައި 7،687 މީހަކަށް ވެކްސިން ދީފައިވާއިރު، މުޅި ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 117،115 އަށް އަރައިފައެވެ.