English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލްގެ ކޯޕަރޭޓް ސަރވިސް ޑިވިޜަންގެ ޑިރެކްޓަރ، މުޙައްމަދު ޔަސްރިފް

އައްޑޫ ސިޓީ ކައުންސިލްގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލަކަށް، ކުރީގެ ޑެޕިޔުޓީ މޭޔަރ، އަލްފާޟިލް މުޙައްމަދު ޔަސްރިފް ހަމަޖައްސައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ހާމަކުރި ގޮތުގައި، އެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު، ޔަސްރިފާ ހަވާލުކުރުމަށް ނިންމީ މިއަދު ބޭއްވި ކައުންސިލްގެ 2021 ވަނަ އަހަރުގެ 05 ވަނަ ރަސްމީ ޖަލްސާއިންނެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްޞީލެއް ކައުންސިލުން ހާމައެއް ނުކުރެއެވެ.

2017 ވަނަ އަހަރު ޑެޕިޔުޓީ މޭޔަރގެ މަޤާމަށް ޢައްޔަނުކުރެވުނު ޔަސްރިފް، އެ މަޤާމުން އިސްތިއުފާދެއްވީ މި ހިނގާ ފެބުރުވަރީ މަހުގެ ދެ ވަނަ ދުވަހު އެވެ. އަދި ކައުންސިލަރުގެ މަޤާމުން އިސްތިއުފާދެއްވީ ފެބުރުވަރީ 08 ވަނަ ދުވަހު އެވެ. އެއަށްފަހު ޔަސްރިފް ވަނީ އައްޑޫ ސިޓީ ކައުންސިލްގެ ކޯޕަރޭޓް ސަރވިސް ޑިވިޜަންގެ ޑިރެކްޓަރ ކަމަށް ޢައްޔަނުވެފައެވެ.