English Edition
Dhivehi Edition
ފޮޓޯ: ބަންގަލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އާއި ސަފީރު ޝިރުމިޒަތު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ކަނޑުމަގުން ދަތުރުތައް ފެށުމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

2021 ވަނަ އަހަރުގެ ފަހުކޮޅުގައި ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު ކަނޑުމަގުން ދަތުރުތައް ފެށުމަށް މަޝްވަރާ ކުރުމުގެ ގޮތުން ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޙް ހަސީނާއާއެކު ރާއްޖެއިން ބަންގްލަދޭޝަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝިރުމިޒަތު ސަމީރު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

މިބައްދަލުވުމުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އެގޮތުން އެޤައުމުގައި ދިވެހި ދަރިވަރުންނަށް މަތީ ތައުލީމް ހާސިލްކުރުމަށް ހުރި ފުރުސަތުތަކާއި، އެޤައުމުގައި އުފައްދާ ދަނޑުވެރިކަމުގެ އުފެއްދުންތައް ބަންގްލަދޭޝުން ރާއްޖެއަށް އެތެރެކުރާ މިންވަރު އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ބޮޑުވަޒީރު ޝެއިހް ހަސީނާ ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ރާއްޖެއިން ބަންގްލަދޭޝްއާއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ގުޅޭ މައުލޫމަތުތައް ހިއްސާކޮށް، ކޯވިޑްގެ ހާލަތުގައި ބަންގްލަދޭޝުން ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމަށް ސަފީރު ޝިރުމިޒަތު ވަނީ ޝުކުރު އަދާކޮށްފައެވެ.