English Edition
Dhivehi Edition

ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަދި އެސް 21 އަލްޓްރާ ގެންގުޅުއްވާ އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް މާލޭގެ ގިނަ ސަރަހައްދުތަކުން 5ޖީގެ ހަލުވި ސްޕީޑް ލިބޭނެ ކަމަށް އުރީދޫން ހާމަކޮށްފިއެވެ. އުރީދޫ މޯލްޑިވްސްގެ 5ޖީ ނެޓްވޯރކް އާއި އެކު 5ޖީ ހޯމް ބްރޯޑްބޭންޑްގެ ޚިދުމަތްވެސް ދާދި ފަހުން ވަނީ މާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފްކޮށްފައެވެ. މީގެ ތެރޭގައި ގިނަ ވިޔަފާރިތައް ހިންގާ ސަރަހައްދުތަކާއި ހޮސްޕިޓަލް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމެނެއެވެ.

5ޖީ ޓެކްނޮލޮޖީ އާއި އެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓް ކަނެކްޓްކުރުމުގައި ނަގާ ވަގުތު އެތައްގުނައަކަށް ކުޑަވެގެންދާނެކަމަށް އުރީދޫން ހާމަކުރައްވައެވެ.މިޚިދުމަތް ހޯދާ ފަރާތްތަކުން 5ޖީގެ ހަލުވި ސްޕީޑް އިންޓަނެޓް ލިބުމުގެ އިތުރަށް މެދުނުކެނޑި އިންޓަނެޓްގެ ޚިދުމަތް ތަޖުރިބާކުރެވޭނެއެވެ.މިއީ އޮންލައިންކޮށް ގޭމް ކުޅުމުގައި ދިމާވާ އުނދަގޫ ޙައްލުވެ ފިލްމް އަދި ސީރީޒް ފަދަ ތަކެތި ޑައުންލޯކޮށް ނުވަތަ ސްޓްރީމް ކުރުމަށް ދާ ވަގުތު އެތައް ގުނައެއް ކުޑަކޮށްދޭ ފަސޭހަ ޚިދުމަތެކެވެ.

މޫލީ މެދުވެރިކޮށް އުރިދޫގެ ޕްރޮޑަކްޓްތައް ބައްލަވައިގަތުމަށް http://ore.do/app އަށް ޒިޔާރަތް ކުރަށްވާށެވެ. އަދި ސެމްސަންގ ގެލެކްސީ އެސް 21 ޕްލަސް އާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް http://ore.do/s21 އަށް ޒިޔާރަތްކޮށްލައްވާށެވެ.