މަންޓާ އެއަރގެ ސީޕްލޭނެއް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓިއްޖެއެވެ.
މާފިލާފުށިން ފުރައިގެން ހަ ފަތުރުވެރިންނާއި ތިން ކުރޫއާއެކު ދަތުރުކުރި މި ސީޕްލޭން ވެއްޓިފައިވަނީ ހުޅުލެއަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. މިސީޕްލޭނުން ދަތުރުކުރި ފަތުރުވެރިންނަށް ކުދި އަނިޔާތަކެއް ލިބިފައިވީ ނަމަވެސް ސީރިޔަސް އަނިޔާއެއް ލިބިފައިނުވާކަމަށް މަންޓާ އެއަރ އިން ވަނީ މީޑިއާ އަށް މައުލޫމާތުދީފައެވެ. މިބޯޓު ވެއްޓިފައިވަނީ މިއަދު ހެދުނު 7.30ގައެވެ.
މިކަމާ ގުޅިގެން މިވަގުތު މާލެއަށް ޖައްސަން ހުރި ސީޕްލޭންތައްވަނީ އެހެން ތަންތަނަށް ޑައިވަރޓްކޮށްފައެވެ. ސީޕްލޭން ވެއްޓުނު ސަރަހައްދުގައި މިވަގުތު އެމް.އެން.ޑީ.އެފް އިން ދަނީ ހަރަކާތްތެރިވަމުންނެވެ.