ސައިބަރ ސޭފްޓީ އެވެއަރނަސް ކެމްޕެއިން ރާވާ ހިންގުމާއި ދެފަރާތް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ވުމެން އިން ޓެކް މޯލްޑިވްސް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއެވެ. ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ވުމެން އިން ޓެކް މޯލްޑިވްސް ރައީސާ ނިއުމާ ފާއިޒްއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މިއަދު ސޮއިކުރި މި ފަހުމުނާމާއަކީ ފުލުހުންނާއި ވުމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ސައިބަރ ސޭފްޓީ އެވަރނަސް ހަރަކާތްތައް ރާވާ އިންތިޒާމްކޮށް، ހިންގުމުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރުމާއި އެއްބާރުލުން ދީ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސޮއިކުރި ފަހުމުނާމާއެވެ. މި ފަހުމުނާމާގެ ތެރެއިން ސައިބަރ ސޭފްޓީއަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން އެކި ހަރަކާތްތައް ދެފަރާތް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.