English Edition
Dhivehi Edition
ގދ. ތިނަދޫގައި ކޮވިޑް-19 ވައިރަސް ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ކޮވިޑް-19އަށް މީހަކު ފައްސިވެއްޖެއެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ގޮތުގައި 07 ފެބްރުވަރީ 2021 ގައި ނެގުނު ރެންޑަމް ސާމްޕަލްއެއް ނަތީއްޖާ ކޮވިޑް-19އަށް ފައްސިވުމާއި ގުޅިގެން މިހާރު އެ މީހާގެ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ އިތުރު ފަރާތްތައް ބެލުމަށް ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
ވަކި ތަރުތީބެއް ނެތި ޖުމްލަ 413 ރެންޑަމް ސާމްޕަލް ނަގާފައިވާއިރު އެތަނުން އެއް ސާމްޕަލްގެ ނަތީއްޖާ ފައްސިވެފައިވާ ކަމަށް ހާމަކުރަމުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ އަދި ހުރިހާ ސާމްޕަލްތަކެއްގެ ނަތީއްޖާ ނުލިބޭކަމަށެވެ. ފައްސިވެފައިވާ މި ސާމްޕަލް އަކީ ތިނަދޫ ގާޑިޔާ ސަރަހައްދުން ނެގި ފިރިހެން މީހެއްގެ ސާމްޕަލްއެއް ކަމަށް އޭ.އޯ ނިއުސްއަށް މަޢުލޫމާތު ލިބިފައިވެއެވެ.
އައްޑޫ ސިޓީގައި މިވަގުތު ހަލުވިކަމާއެކު މި ބަލި ފެތުރެމުންދާ ކްލަސްޓާއިން މީހަކާއި ޑައިރެކްޓް ކޮންޓެކްވެފައިވާތީ ނެގި ސާމްޕަލްގެ ނަތީއްޖާއަކުން ގދ. ތިނަދޫ މީހެއް ފައްސިވުމާއި ގުޅިގެން 07 ފެބްރުއަރީ އިން ފެށިގެން ގދ. ތިނަދޫ ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް މޮނިޓަރިންގ ހާލަތަށް ވަނީ ގެނެސްފައެވެ. އައްޑޫ ކްލަސްޓަރ އާއި ގުޅުންހުރި މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ އެއްވެސް ސާމްޕަލެއް މިހާތަނަށް ފައްސި ވެފައި ނުވާކަމަށްވެސް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.