English Edition
Dhivehi Edition

އިންޑިއާ އަދި ލަންކާގެ ހޮސްޕިޓަލްތަކުން އާސަންދައިގެ ޚިދުމަތް ކަނޑައިލާފައިވާކަމަށް ބުނެ، ފަތުރަމުންދާ ވާހަކަތައް އާސަންދަ އޮފީހުން ދޮގުކޮށްފިއެވެ.

މިކަމާއި ގުޅިގެން އާސަންދަ އޮފީހުގެ މީޑިޔާ އޮފިޝަލް އާޝިޔާ ޞޯލިހް ވިދާޅުވީ އިންޑިއާ އަދި ލަންކާ ހޮސްޕިޓަލްތަކުން އާސަންދައިގެ ޚިދުމަތް ކަނޑައިލާފައިވާކަމަށްބުނެ، ބަޔަކު ދޮގު ވާހަކަތަކެއް ފަތުރަމުންދާކަމަށެވެ. އަދި މި ވަގުތުވެސް އާސަންދައިގެ ދަށުން އިންޑިޔާ އަދި ލަންކާ ހޮސްޕިޓަލްތަކުން އެކިއެކި ކަންކަމުގައި ބަލިމީހުން ފަރުވާ ހޯދަމުންދާކަމަށް އާޝިޔާ ވިދާޅުވިއެވެ.އާސަންދައިން އޮފީހުން ބުނެފައިވަނީ އެ ދެ ގައުމުގައި ވެސް ކުރިން އާސަންދައިގެ ހިދުމަތްދޭ ހުރިހާ ހޮސްޕިޓަލްތަކުގައި މިހާރު ވެސް އާސަންދައިގެ ހިދުމަތް ލިބިގެންދާނެކަމަށެވެ

ހުސްނުވާ އާސަންދަ އަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް 100 ދުވަސް ފުރުމުގެ ގޮތުން އިފްތިތާހުކޮށްފައިވާ ހިދުމަތެކެވެ.