English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ލާމަރުކަޒު ކުރުމުގެ ނާރެހަކީ، ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅައިލުންކަމަށާއި މި މަސައްކަތުގެ ދަށުން މި އަހަރުވެސް ފަސް ރަށެއްގައި އެއާޕޯޓް އަޅަން ނިންމާފައިވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމުގެ ގޮތުން ދެއްވާ ތަގުރީރު ރައީސް ވިދާޅުވީ މި ސަރުކާރުން ތަރައްޤީކުރި ހއ. ހޯރަފުށީ އެއަރޕޯޓު މިދިޔަ އަހަރު ހުޅުވައި މިހާރު ހިދުމަތް ދެމުން އަންނަކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އިތުރު 5 ރަށެއްގައި އެއަރޕޯޓް ހެދުމަށް ނިންމާފައިވާކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. މި ގޮތުން މިއަހަރު އެއާޕޯޓް އެޅުމަށް ނިންމާފައިވާ ރަށްތަކަކީ މ. މުލީ، ހދ. މަކުނުދޫ، ށ. ބިލެތްފަހި އަދި ބ. ތުޅާދޫގެ އިތުރުން ތ. ވިލުފުށްޓެވެ،

ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓްތަކުގެ ތެރެއިން މ. މުލީގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް މިމަހުގެ ތެރޭގައި ބަޔަކާ ޙަވާލުކުރެވޭނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. އަދި ހދ. މަކުނުދުއާއި، ށ. ބިލެތްފަހި އަދި ބ. ތުޅާދުއާއި ތ. ވިލުފުށީގައި އެއަރޕޯޓް ހަދައިދޭނެ ބަޔަކު ހޯދަން މިހާރު އިއުލާނުކޮށްފައިވާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ދަތުރުވެރިންނާއި މުދާ އުފުލާ ފެރީ ނިޒާމުން މުޅި ރާއްޖެ ގުޅުވައިދޭ، ހައި ސްޕީޑް ފެރީ ނެޓްވޯކްގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ފަށަން ނިންމާފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ ކޯވިޑްގެ ސަބަބުން އެކަން ހުއްޓިފައި އޮތުމަށްފަހު، މިދިޔަ މަހުގެ 17 ވަނަ ދުވަހު އެމަސައްކަތްވެސް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވާކަމަށެވެ