English Edition
Dhivehi Edition

ފުވައްމުލަކުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ފުވައްމުލައް ސިޓީގައި ފުރަބަންދުގައި ހުރި ފަރާތެއްގެ ފަރާތުން ރޯގާގެ އަލާމާތްތައް ފެނި، 25 ޖެނުއަރީ 2021 ދުވަހު ނެގި ސާމްޕަލެއްވަނީކޮވިޑް-19 އަށް ފައްސިވެފައިކަމަށެވެ.

“މިވަގުތު މި ސިޓީގެ ރައްޔިތުން ކޮވިޑް-19އިގެ ރޯގާއިން ރައްކާތެރިވުމުގައި އިތުރަށް ފަރުވާތެރިކަން ބެހެއްޓެވުމަށާއި ގައިދުރުކަން ބަހައްޓަވައި މީހުން އެއްވާ ތަންތަނުގައި މާސްކް އެޅުއްވުމާއި ގިނަގިނައިން އަތްދޮވެ، ޢާއްމު ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުން” ހޮސްޕިޓަލުގެ ޕޭޖްގައި ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލުގެ ޕޭޖްގައި ބުނެފައިވަނީ އަރިދަފުސް ރޯގާގެ އަލާމާތްތައް ހުންނަ ބޭފުޅުން ހޮސްޕިޓަލުގެ ފްލޫ ކްލިނިކް ހުޅުވިފައި ހުންނަ ގަޑިތަކުގައި ފްލޫ ކްލިނިކަށް ދައްކަވައި ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދު ހޯއްދެވުމަށް އެދޭ ކަމަށެވެ. އަދި ފްލޫ ކްލިނިކަށް ދައްކަވައިގެން ކޮވިޑް 19 ބައްޔަށް ޓެސްޓް ހެދުމަށްޓަކައި ސާމްޕަލެއް ނަގައިފި ނަމަ ޓެސްޓުގެ ނަތީޖާ ލިބި، ރޯގާ އަލާމާތްތައް ރަގަޅުވަންދެން އެހެން މީހުންނާއި އެކަހެރިވުން ވަރަށް މުހިއްމުކަމަށާއި ގެއިން ބޭރުގައި އުޅޭ ހުރިހާ ވަގުތެއްގައިވެސް މާސްކް އެޅުމަށް އެދޭ ކަމަށެވެ.